Loading…
ޚަބަރު

ފެނަކައިގެ އެހީގައި ވާދޫ ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް އިމާރާތްކުރަނީ

ފެނަކައިގެ އެހީގައި ވާދޫ ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް އިމާރާތްކުރަނީ

ފެނަކަ ކޯޕަރޭޝަންގެ އެހީގައި ރ. ވާދޫ ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް އިމާރާތްކުރުމަށް މިއަދު ބިންގާ އަޅައިފިއެވެ.

ރ. ވާދޫ ސްކޫލްގައި މިއަދު ކުރިއަށް ދިޔަ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރ. ވާދޫ ފެނަކަ ގޮފީގެ އިސްވެރިންނާއި، ރ. ވާދޫ ކައުންސިލްގެ ވެރިންގެ އިތުރު ވާދޫ ސްކޫލްގެ އިސްވެރިން އަދި ރަށުގެ ސިއްހީ މަރުކަޒުގެ ވެރިން ބައިވެރިވެވަޑައިތެވެ.

ރ. ވާދޫ ސްކޫލްގެ އެސްއެމްޓީގައީ ހިމެނިވަޑައިގަންނަވާ ލީޑިންގ ޓީޗަރ މުހައްމަދު ރިޔާޟް ވިދާޅުވީ، އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް އަދު ނިމުން ގެނުވައިފި ކަމަށެވެ. އަދި މި ތަން އިމާރާތްކުރެވެނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 100 އިންސައްތަ ހިއްސާއާ އެކު ކަން ފާހަގަކުރައްވައި ރިޔާޟް ވަނީ ފެނަކަ އެމްޑީ އަހުމަދު ސައީދު މުހައްމަދާއި، އަލިފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރ މުހައްމަދު ރަޝީދު ހުސައިން އަދި ފެނަކަ ވާދޫ ގޮފީގެ ޑެޕިޔުޓީ މެނޭޖަރ މުހައްމަދު ނިޔާޒަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ބިންގާ އެޅުއްވީ، ރ. ވާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަސީމާއި ފެނަކަ ގޮފީގެ ވެރިޔާ މުހައްމަދު ނިޔާޒް އެވެ.

 

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.