Loading…
ޚަބަރު

ވާދޫ ކައުންސިލްގެ މެމްބަރުން ވާދޫ ފެނަކައިގެ ބޭފުޅުނުންނާ ބައްދަލުކުރައްވައިފި

ވާދޫ ކައުންސިލްގެ މެމްބަރުން ވާދޫ ފެނަކައިގެ ބޭފުޅުނުންނާ ބައްދަލުކުރައްވައިފި

ރ. ވާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެމްބަރުން ވާދޫ ފެނަކައިގެ ބޭފުޅުނުންނާއި ބައްދަލުކުރައްވައިފި އެެވެ.

މި ބައްދަލުކުރެއްވުމުގައި ވާދޫ ކައުންސިލް އަދި ފެނަކައިގެ އިސްވެރިންނާ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުކުރެއްވުމަކީ ވާދޫގެ އާ ކައުންސިލް ތަޢާރަފުވެލުމަށް ބޭއްވުނު ބައްދަލުވުމެކެވެ،

މި ބައްދަލުވުން އޮތީ، އަންގާރަ ދުވަހުގެ ހެނދުނުއެވެ.

މި ބައްދަލުވުމުގައި، ގުޅިގެން ނަތީޖާ ހާސިލުކުރެވޭނެ ގޮތްކަކާއި މެދު ދެ ފަރާތުން ވެސް މަޝްވަރާކުރެއްވިއެވެ.

ފެނަކައިގެ އިތުރުން، ވާދޫ ސްކޫލްގެ އިސްވެރިންނާއި، ވާދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުން އަދި ވާދޫ ހުކުރު މިސްކިތުގެ އިމާމް މުހައްމަދު ނަޖީބްއާ ވެސް ވާދޫ ކައުންސިލުން ވަނީ ބައްދަލުކުރައްވާފައެވެ.

މި ހުރިހާ މި ބައްދަލުވުމެއްގައި ވެސް ގުޅިގެން ނަތީޖާ ހާސިލުކުރެވޭނެ ގޮތްކަކާއި މެދު މަޝްވަރާކުރެއްވިއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.