Loading…
ޚަބަރު

ރ. ވާދުއަށް ވަރަށް ބޮޑަށް އުދަ އަރަމުންދަނީ

ރ. ވާދުއަށް ވަރަށް ބޮޑަށް އުދަ އަރަމުންދަނީ

ރ. ވާދޫ ހުޅަނގު ފަރާތަށް ވަރަށް ބޮޑަށް އުދަ އަރަމުން އެބަ ދެއެވެ.

އެނގިފައިވާ ގޮތުގައި އުދައިގެ އަސަރު ބައެއް ގޭގެއަށް ވެސްކޮށްފައި ވެއެވެ. ވާދުއަށް އުދަ އަރަން ފެށީ މެންދުރު ފަހުއެވެ.

މިހާރު ރާއްޖޭގެ ހިސާބުތަކަސް މޫސުން ގޯސްއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އޭގެ ފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

މެޓު އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖޭގައި ވައިގަދަވެ ކަނޑުތައް ވަރަސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށިގެންވާކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފައިވެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.