ރ. ވާދޫ ރަށްވެހިންނާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުން ވާދޫގެ ދަފްތަރުގައި ޖެހެނީ
ރ. ވާދޫ ރަށްވެހިންނާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުން (އެހެން ރަށްރަށުގެ މީހުން) ވާދޫގެ ދަފްތަރުގައި ޖެހުމުގެ މަސައްކަތް އަމިއްލަ ފަރުދުންތަކެއް އިސްވެ ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ފަރާތްތަކުން މިހާރު ވަނީ ރ. ވާދޫގައި ރަށްވެހިވުމަށް އެދޭ ފޯމް ނަގާފައެވެ. އަދި ފޯމް ފުރުމަށް ފަހު ވަރަށް އަވަހަށް ރ. ވާދޫ ކައުންސިލްގެ އިދާރާއަށް ހުށައަޅާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މި ވަގުތު ވާދޫގެ ޖުމުލަ އާބާދީއަކީ 619 އެވެ. މީގެ ތެރޭގައި ހިމެނެނީ 306 އަންހެނުންނާއި 313 ފިރިހެނުންނެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން