Loading…
ޚަބަރު

ރ. ވާދުއަށް ފެނަކައިގެ އިސްވެރިންނާއި އެމްޕީ ޒިޔާރަތް ކުރަން އެޗްޕީއޭގެ ހުއްދަ!

ރ. ވާދުއަށް ފެނަކައިގެ އިސްވެރިންނާއި އެމްޕީ ޒިޔާރަތް ކުރަން އެޗްޕީއޭގެ ހުއްދަ!

ރ. ވާދޫގައި ކަރަންޓްގެ ޚިދުމަތް ހަރުދަނާކުރުމަށް މުޅިން އަލަށް އިމާރާތްކުރެވޭ އިންޖީނުގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފެނަކައިގެ ބައެއް އިސްވެރިންނާއި ދާއިރާގެ މަޖިލިސް މެމްބަރު ވާދުއަށް މިއަދު ޒިޔާރަތްކުރެއްވީ ހާއްސަ ހުއްދައިގެ ދަށުން ކަމަށް އެޗްޕީއޭން ބުނެފިއެވެ.

މިއަދު ވާދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާ އިންޖީނު ގޭގެ ބިންގާ އަޅުއްވައިދެއްވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަދި ފެނަކަ ކޯޕަރޭޝަންގެ އަހުމަދު ސައީދު މުހައްމަދު އެވެ.

މި ރަސްމިއްޔާތުގައި ވާދޫ ކައުންސިލްގެ އިސްވެރިންނާއި ވާދޫ ފެނަކަ ގޮފީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ހާއްސަ ހުއްދައިގެ ދަށުން މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ވާދުއަށް ޒިޔާރަތްކުރެއްވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަދި ފެނަކަ ކޯޕަރޭޝަންގެ އަހުމަދު ސައީދު މުހައްމަދުގެ އިތުރުން ޑިރެކްޓަރު އަޘްހަރު ހަލީމް، ޑިރެކްޓަރު އައިޝަތު ސަދާ އެވެ.

މި ހުއްދައިގެ ކޮޕީއެއް ވާދޫ ލައިވް އަށް ވަނީ ލިބިފައެވެ.

ފެެެނަކައިގެ ރ. ވާދޫ ގޮފީގެ އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް (6 މަސް ދުވަހަށް) 9 މީހުން ހޯދާފައި ވެއެވެ.

މި އިންޖީނުގެ އިމާރާތްކުރަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ވާދޫ ދެކުނު ކޮޅުގައެވެ.

މި ސަރުކާރު އައި ފަހުން ހަލުއި ކަމާއެކު ވާދޫގައި ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.