Loading…
ޚަބަރު

ރ. ވާދޫގައި 150 ދުވަހުން އަޅަން ބުނި މިސްކިތް ނޭޅި 490 ދުވަސް!

ރ. ވާދޫގައި 150 ދުވަހުން އަޅަން ބުނި މިސްކިތް ނޭޅި 490 ދުވަސް!

ރ. ވާދޫގައި މުޅިން އާ މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި 2019 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

ވާދޫ މިސްކިތުގެ މަސައްކަތް 4.46 މިލިއަން ރުފިޔާ އަށް އެސްކޮން ބިލްޑާރސް ކިޔާ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފައިވާއިރު މަސައްކަތް ނިންމުމަށް ދީފައި ވަނީ 150 ދުވަހުގެ މުއްދަތެކެވެ.

ނަމަވެސް އެ މުއްދަތު ފަހަނަ އަޅައި މި އަދަށް 490 ދުވަސް ވާއިރު، އެ ތަނުގެ މަސައްކަތް ވަނީ ނުނިމިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އަދި އެސްކޮންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝައުކަތު އަހުމަދު ދީދީ އެވެ.

މި މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހު ބޭއްވި ބިންގާއެޅުމުގެ ރަސްމިއްޔާތަށް ފަހުއެވެ.

ވާދޫގެ މިސްކިތުގެ ބިންގާ އެޅުއްވުމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާދޫއަށް އެ ދުވަހު ވަޑައިގަތެވެ. އަދި ބިންގާ އަޅުއްވައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވިއެވެ.

އެނގިފައިވާ ގޮތުގައި މިސްކިތުގެ މަސައްކަތް ލަސްވެފައި ވަނީ އެސްކޮން ބިލްޑާރސް ކުންފުނިން މުވައްޒަފުންނަށް އުޖޫރަ ނުދޭ މައްސަލައިގައެވެ. އަދި މަސައްކަތް ލަސްވުމާ ގުޅިގެން ސަރުކާރުން ވަނީ އެސްކޮންއާއެކު ވެފައިވާ ކޮންޓްރެކްޓް އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.