ޚަބަރު ރ. ވާދޫގެ ތަރައްގީއަށް ބޮޑެތި މަޝްރޫއުތަކެއް ފަށަނީ! ވާދޫ ލައިވް 2 މާރިޗު 2021 | 19:06 | ކިޔާލަން ހޭދަވާނީ: 2 މިނެޓު އ + އ − 41 ރ. ވާދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކުރިޔަށް ގެންދާ ސިލްސިލާ ކެމްޕެއިން ހަރަކާތް ”ރަށްވެހި ފަތިސް“ގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވަނީ ސަރުކާރުން ރ ވާދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާކަން ފާހަގަ ކުރައްވާފައެވެ. ވާދޫގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ރައީސް ވިދާޅުވީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެރަށު ސޯލާރ މަސައްކަތް ފެށިގެންދާނެ ކަމަށާއި، ވާދޫގައި ފަތުރުވެރިކަން ފުޅާ ކުރުމަށް އަންނަ އަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށެވެ. ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އޭޕްރީލް މަސް ތެރޭގައި އަލުން ފެށުމަށް ނިންމާފައިވާ ކަމަށާއި، އަދި ސްކޫލުގެ ދެބުރި އިމާރާތުގެ މަސައްކަތް މެއި، ޖޫން ހިސާބު ފެށިގެންދާނެ ކަމަށެވެ. އެމްޑީޕީގެ ފަރާތުން ވާދޫ ކައުންސިލަށް މި ފަހަރު ވާދަކުރައްވަނީ، ޢަލީ ނަސީމް (ނޫވިލާ/ ރ. ވާދޫ)، ޢަލީ ރިޔާޟް (ފޭރުމާގެ/ ރ. ވާދޫ)، މުހައްމަދު ސާމިހު (ލެގޫނާ/ ރ. ވާދޫ) އަދި މަރްޔަމް ޢަލީ (އެއްގަމުގެ/ ރ. ވާދޫ)ގެ އިތުރުން ޒަހީނާ އިބްރާހިމް (މާޒިން/ ރ. ވާދޫ) އެވެ. އ + އ − އިޝްތާރާ ރ. ވާދޫ ރރައްވެހި ފަތިސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އެމްޑީޕީ ފީޗާޑް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟ 0% 0% 0% 0% 0% 0% ލިޔުމަށް ޚިޔާލު ހުށަހެޅުން މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް ވަކި ނުކުރޭ ފުރިހަމަ ނަން ޚިޔާލު ޚިޔާލު ހުށަހެޅުމުގެ ޝަރުތުތަކަށް އިޤުރާރުވަމެވެ. ޚިޔާލު ފޮނުވާ ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.
ލިޔުމަށް ޚިޔާލު ހުށަހެޅުން