Loading…
ކުޅިވަރު

ރ. ވާދޫ ފުޓްސަލް ޓީމާ ނ. މަނަދޫ ފުޓްސަލް ޓީމް ހޮނިހިރު ދުވަހު މެޗަކަށް!

ރ. ވާދޫ ފުޓްސަލް ޓީމާ ނ. މަނަދޫ ފުޓްސަލް ޓީމް ހޮނިހިރު ދުވަހު މެޗަކަށް!

ރ. ވާދޫ އަންހެނުންގެ ފުޓްސަލް ޓީމާ ނ. މަނަދޫ އަންހެނުންގެ ފުޓްސަލް ޓީމް ބައްދަލުކުރާ މެޗެއް މާދަމާ ހަވީރު ކުޅޭނެ ކަމަށް ރ. ވާދޫ އަންހެނުންގެ ފުޓްސަލް ޓީމުން ރ. ވާދޫ ލައިވްއަށް މަޢުލޫމާތު ދީފިއެވެ.

ރ. ވާދޫ އަންހެނުންގެ ފުޓްސަލް ޓީމްގެ އިސް އޮފިޝަލަކު ވިދާޅުވީ، މި މެޗް ފެށޭނީ މާދަމާ ހަވީރު 16:30ގައި ކަމަށެވެ. މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ގްރައުންޑްގައެވެ.

މި މެޗް ބެލުމަށް މެޗް ފެށޭ ވަގުތުގެ ކުރިން ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ގްރައުންޑަށް ދެ ޓީމަށް ސަޕޯޓްކުރައްވާ ފަރާތްތަކާއި ހެޔޮ އެދޭ ފަރާތްތަކުން ގޮސްދިނުމަށް ރ. ވާދޫ އަންހެނުންގެ ފުޓްސަލް ޓީމުން އެދެއެވެ.

ސަޕޯޓްކުރައްވާ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ތިއްބެވުމަށް ވެސް ރ. ވާދޫ އަންހެނުންގެ ފުޓްސަލް ޓީމުން އިލްތިމާސްކުރެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.