Loading…
ޚަބަރު

ރ. ވާދޫގައި 11 މީހަކު ކޮވިޝީލްޑް ވެކްސިން ޖަހައިފި

ރ. ވާދޫގައި 11 މީހަކު ކޮވިޝީލްޑް ވެކްސިން ޖަހައިފި

ރ. ވާދޫގައި ކޯޥިދް-19 ވެކްސިން ޖެހުން – ފޮޓޯ: ރ. ވާދޫ ސިއްހީ މަރުކަޒު

ކޯވިޑް-19ން ދިފާޢުވުމަށް ދިވެހިރާއްޖޭގައި މިހާރު ޖަހަމުން އަންނަ ވެކްސިން ރ. ވާދޫގައި ވެސް އިއްޔެ ޖަހަން ފަށައިފިއެވެ.

ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ފަށާފައިވާ ޤައުމީ ވެކްސިލް ޖެހުމުގެ ކެންޕެއިންގ “ދިފާއު”ގެ ދަށުން ރ. ވާދޫގައި އިއްޔެ ވެކްސިން ޖަހަން ފެށި އިރު، ފުރަތަމަ ވެކްސިން ދީފައި ވަނީ 11 މީހުންނަށެވެ. މި 11 މީހުނަށް ވެސް ޖަހާފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒެވެ.

ރ. ވާދޫގައި ފުރަތަމަ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައި ވަނީ، ރ. ވާދޫ ކޯވިޑް-19 ފޯކަލް ޕޮއިންޓް އަދި އާރު.އާރު.ޓީގެ ހެޑް، އަދި ޕަބްލިކް ހެލްތު ޔުނިޓްގެ ހެޑް، އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ ޝިފާނާ މޫސާ ފުޅެވެ.

ވާދޫ ސިއްހީ މަރުކަޒުން ހާމަކުރި ގޮތުގައި، އިއްޔެ ވެކްސިން ޖެހި އެގާރަ ބޭފުޅުންގެ ތެރޭގައި ހިމެނެނީ  އާރު.އާރު.ޓީގެ 2 ބޭފުޅުންނާއި ވާދޫ ހެލްތު ސެންޓަރުގެ މެޑިކަލް އޮފިސަރ އާއި ވާދޫ އެސްޓީއޯ ފާމަސީގެ ފާމަސިސްޓް އަދި މަރުކަޒުގެ ސަޕޯޓް ސްޓާފެއްގެ އިތުރުން 80 އަހަރުން މަތީގެ 6 ބޭފުޅުންނެވެ.

ފުރަތަމަ ބުރުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ ސިއްޙީ ޚިދުމަތްތެރިންނާއި އުމުރުން 70 އަހަރުން މަތީގެ ބޭފުޅުންނަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.