Loading…
ރެސިޕީ

ރެސިޕީ: ޗިކެން ރޯލްސް

ރެސިޕީ: ޗިކެން ރޯލްސް

ހެދޭނެ އަދަދު: 8-10 ރޯލްސް / ރޯލްސް ހަދާލަން ނަގާނެ ވަގުތު: 1/2 1 ގަޑިއިރު

ދިވެހި ބަދިގެތަކުގައި އާންމުކޮށް ރޯލްސް ހަދާ އުޅެނީ މަސްދަޅު ނޫނީ ވަޅޯމަސް އަޅައިގެންނެވެ. ނަމަވެސް މި ރެސިޕީގައި ރޯލްސް ހަދަން ބޭނުންކުރާނީ ކުކުޅު މަހެވެ. އަދި މީގައި ބޭނުންކޮށްފައި ހުންނާނީ ފިހާރަތަކުން ވިއްކަން ހުންނަ ލޮނުމިރުސް ހަވާދު ޕައުޑަރ އަދި ހަނާކުރި ހަވާދު ޕައުޑަރއެވެ. ރޯލްސް ތެއްލާއިރު ރީތިކޮށް ތެއްލެވޭ ކަމަށް ފާހަގަވަނީ ތެޔޮގަނޑު ރަނގަޅަށް ހޫނުވީމަ ތެޔޮގަނޑުތެރޭ ތޮށްނުޖެހޭ ވަރަށް ރޯލްސް އަޅައިގެން ތެއްލީމައެވެ.

ބޭނުންވާނެ ތަކެތި

މަސްކޮޅު ހެދުމަށް

  • 300 ގުރާމް ބޯންލަސް ކުކުޅު، ކުދިކޮށް ކޮށާފައި

  • 1 މެދުސައިޒް ފިޔާ، ކުދިކޮށް ކޮށާފައި

  • 10 ހިކަނދިފަތް، ކޮށާލާފައި

  • 1 ސައިސަމްސާ އިނގުރު ލޮނުމެދު ޕެސްޓް

  • 1/2 ގިތެޔޮމިރުސް، ކުދިކޮށް ކޮށާފައި

  • 1/4 ޖޯޑު މަޑުކޮށްފަ ހުރި އަލުވި ކުދިކޮށް ކޮށާފައި

  • 1/4 ޖޯޑު ކެރެޓް، ކުދިކޮށް ކޮށާފައި

  • 1/4 ޖޯޑު ގްރީންޕީސް

  • 1 މޭޒުމަތީސަމްސާ ލޮނުމިރުސް ޕައުޑަރ

  • 1 މޭޒުމަތީސަމްސާ ހަނާކުރިހަވާދު ޕައުޑަރ

  • 1 މޭޒުމަތިސަމްސާ ޓޮމާޓޯޕޭސްޓް

  • 1 ސައިސމަސާ ސްޓޮކްޕައުޑަރ ނޫނީ މެގީކިއުބް

  • 1/2 ސައިސަމްސާ ލޮނު

ފޮޅި ހަދަން ބޭނުންވާނެ ތަކެތި

  • 1 ޖޯޑު ފުށް

  • 1 ބިސް

  • 1/2 ސައިސަމްސާ ލޮނު

  • 2 ޖޯޑު ފެން

  • ރޯލްސް ތައްޔާރުކޮށް ތެއްލާލުމަށް

  • 1 ޖޯޑު ފާރޮށި ކުނޑި

  • 2 ބިސް

  • ތެޔޮ

ތަށްޔާރުކުރާނެގޮތް

މަސްކޮޅު
1-ތެއްޔަކަށް ތެޔޮ އަޅާހޫނުވީމަ ފިޔާ، ހިކަނދިފަތް، އިނގުރު ލޮނުމެދު ޕެސްޓް އަދި މިރުސް އަޅައިގެން
ފިޔާކޮޅު މޯޅިވެލަންދެން ރަތްކޮށްލާށެވެ.
2-ފިޔާ މޯޅިވުމުން އަލުވި، ކެރެޓް އަދި ގްރީންޕީސް އަޅާ އެއްކޮށްފައި، ދެމިނިޓް ވަރު ކައްކާފައި، ލޮނުމިރުސް،
ހަނާކުރި ހަވާދު، ޓޮމާޓޯޕެސްޓް، ސްޓޮކްޕައުޑަރ އަދި ކުކުޅު އަޅާ ކުކުޅު ރޯފިލާ ފެންކޮޅު ހިނދެންދެން
ކައްކާށެވެ.
3-ކުކުޅުކޮޅު ހިކުނީމަ ލޮނު އަޅާ އެއްކޮށްފައި، އުނދުންމަތިން ބާލާ އެއްކޮށް ހިހޫކޮށްލާށެވެ.
ފޮޅި ހަދާލުން
4-މިކްޗަރަކަށް ފުށް، ބިސް، ލޮނު އަދި ފެން އަލައިގެން ފުށްގަނޑު ގަށާލާށެވެ.
5-ތަތް ނުލަވާ ތަވައެއް ހޫނުކުރުމަށްފަހު އުނދުޅިއެއްހާ ފުށް ތާސްމަށްޗަށް އަޅާ ފަތުރާލުމަށްފަހު ރޯފިލަންދެން
ފިހެލާށެވެ. މިގޮތަށް ފުށްކޮޅު ހުސްވަންދެން ފޮޅި ފިހެލާށެވެ. ފޮޅިތަށް މަތީ ފޮތިކޮޅެއް އަޅަލާފައި ބެހެއްޓުމުން ފޮޅިތަށް
ހަރުނުވެ މަޑުކޮށް ހުންނާނެއެވެ.

ރޯލްސް ހަދާލުން
6-ފޮޅިއެއް ނަގާފަ ފޮޅިގެ އެއްފަރާތަށް މަސްކޮޅެއް އެޅުމަށްފަހު ރޯލްސް ހަދާގޮތަށް އޮޅާލާ މިގޮތަށް ހުރިހާ
ފޮޅިއަކުން ރޯލްސް ހަދާލާށެވެ.
7-ކޮންމެ ރޯލްސްއެއް ބިހައްލާފައި، ނަގާ ފާރޮށި ކުނޑިއަށް ލާ ރޯލްކޮށްލާށެވެ. މިގޮތަށް ހުރިހާ ރޯލްސް ހަދާ
ނިމުމުން ތެޔޮގަނޑު ހޫނުކޮށްފައި، ރޯލްސްތަށް މަޑު މުށިކުލަ އަރަންދެން ތެއްލާށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.