Loading…
ޚަބަރު

އެސްއެސް މީޑިއާގެ އައުޓް ސްޓޭންޑިންގ ސަރވިސް އެވޯޑް ވާދޫގެ ޝާމިންއަށް!

އެސްއެސް މީޑިއާގެ އައުޓް ސްޓޭންޑިންގ ސަރވިސް އެވޯޑް ވާދޫގެ ޝާމިންއަށް!

ފޮޓޯގެ ކ - ޢަލީ ޝާމިން --- ފޮޓޯ: އެސްއެސް މީޑިއާ

ސަން ސިޔާމް މީޑިއާ - އެސްއެސް މީޑިއާގެ އައުޓް ސްޓޭންޑިންގ ސަރވިސް އެވޯޑް ރ. ވާދޫއަށް ނިސްބަތްވާ ޢަލީ ޝާމިންއަށް ލިބިއްޖެއެވެ.

ޝާމިންއަށް މި އެވޯޑް ދީފައި ވަނީ ސަން އޮންލައިނާއި އެސްއެސްޓީވީ އާއި ސަން ޕްލޭ ފަދަ މީޑިއާގެ ވަސީލަތްތައް ހިންގާ, ސަން ސިޔާމް މީޑިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސާނިޔާ، ރ. ވާދޫއަށް ނިސްވަތްވާ ޝާމިންއަކީ 2014 ވަނަ އަހަރުން ފެށިގެން އެސްއެސް މީޑިއާގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފެކެވެ. ބްރޯކާސްޓް ޓެކްނީޝިއަނެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޝާމިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތީ 2009 ވަނަ އަހަރު ދިޓީވީންނެވެ.

ސަން ސިޔާމް މީޑިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދެވެ.

އެ ރަސްމިއްޔާތުގައި ސިޔާމް ވަނީ މުޅި މީޑިއާއިން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވައިފައެވެ. އަދި ސުޕޮންސަރުންގެ އަގު ވަޒަން ކޮށްފައި ވެސް ވެއެވެ. އަދި އެ މަނިކުފާނު ވަނީ، ސަން ސިޔާމް މީޑިއާގެ މުވައްޒަފުންގެ ތެރެއިން، އުމްރާ ދަތުރެއް ލިބޭ ނަސީބުވެރިއަކު ވެސް ހޮއްވަވައިދެއްވައިފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.