Loading…
ޚަބަރު

ދިވެހި އަސްކަރީ ޓީމުން ޕާކިސްތާނުގައި ހޯދި ކާމިޔާބަށް ރައީސްގެ ތައުރީފް!

ދިވެހި އަސްކަރީ ޓީމުން ޕާކިސްތާނުގައި ހޯދި ކާމިޔާބަށް ރައީސްގެ ތައުރީފް!

ޕާކިސްތާނުގައި ބޭއްވި 9ވަނަ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމު

ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް މުބާރާތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްއިން ރަން މެޑަލް ޙާސިލުކުރުމަކީ ދިވެހި އަސްކަރިއްޔާއަށާއި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޤައުމީ ދިފާޢީ ބާރުން ހޯދި ކާމިޔާބީ ފާހަގަކޮށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، 16 ޤައުމަކުން 24 ޓީމު ވާދަކުރި މިމުބާރާތަކީ ޤައުމުތަކުގެ އަސްކަރިއްޔާގެ ހުނަރާއި ޤާބިލުކަން ދައްކާލާ މުބާރާތެއް ކަމަށެވެ. އެގޮތުން އަހަރަކު އެއްފަހަރު ބާއްވާ މިމުބާރާތަކީ އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި، ޢަޒުމް އަދި ބުންވަރާއި މެންޓަލް ފިޓްނަސްގެ އިތުރުން ޓީމުތަކުގެ ބަދަހި ގުޅުން ތަފާތު އެތައް އުނދަގޫ ޙާލަތްތަކުގައި ވަޒަން ކުރާ މުބާރާތެއް ކަމަށެވެ.

އެހެންކަމުން މިމުބާރާތުގައި ދިވެހި އަސްކަރީ ޓީމުން ހޯދި ކާމިޔާބީއަކީ މުޅި ޤައުމީ ދިފާޢީ ބާރަށާއި ޤައުމަށްވެސް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކާމިޔާބީއާ ގުޅިގެން އެމަނިކުފާނުވަނީ، ދިވެހި ސިފައިންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ ޓީމުގެ ހުރިހާ މެމްބަރުންނަށްވެސް އައްސަރިބަހާ ސާބަސް ރައްދުކުރައްވާފައެވެ.

މިމަހުގެ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބިގައި ކުރިއަށްދިޔަ މި މުބާރާތުގައި ދިވެހި އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ 15 ސިފައިންވަނީ ބައިވެރިވެފައެވެ. ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ، އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.