Loading…
ޚަބަރު

ބަލްގަރީ ރިސޯޓް ރަންފުށި ހިމެނޭހެން ރާއްޖޭގައި އަލަށް 7 ރިސޯޓެއް ހުޅުވަނީ!

ބަލްގަރީ ރިސޯޓް ރަންފުށި ހިމެނޭހެން ރާއްޖޭގައި އަލަށް 7 ރިސޯޓެއް ހުޅުވަނީ!

ރާއްޖޭގެ ރިސޯޓެއް މަތިން ނަގާފައިވާ ފޮޓޯއެއް

މިއަހަރު ރާއްޖޭގައި އަލަށް 7 ރިސޯޓެއް ތަރައްގީކޮށް ހުޅުވާނެކަން ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މިނިސްޓްރީއިން ބުނީ އަލަށް ހުޅުވާ މި ރިސޯޓުތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

މިއަހަރު 7 ރިސޯޓެއް ހުޅުވވުމަށް ތައްޔާރުވަމުން އަންނައިރު، އޭގެތެރޭގައި އިޓަލީގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް ”ބަލްގަރީ“ އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު ކަމަށްވާ ބަލްގަރީ ރިސޯޓް ރަންފުށި ހިމެނެ އެވެ. މިއީ ރ އަތޮޅުގައި ތަރައްގީކުރާ 20 ހެކްޓަރުގެ ބޮޑު ރިސޯޓެކެވެ.

މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި، އެ ރިސޯޓުގައި ޖުމުލަ 54 ވިލާ  ހުންނާނެއެވެ.އަދި ، އެ ރިސޯޓުގައި ވަކި ރަށެއްގައި ހުންނަ ”ބަލްގަރީ ވިލާ“ އާއި، 33 ބީޗް ވިލާ އަދި 20 އޯވަރވޯޓަރ ވިލާ ވެސް ހިމެނެއެވެ.

މީގެއިތުރުން، ނ އަތޮޅު   ކުރެދިވަރު ގައި ހިންގަމުން އައި މޫވެންޕިކް ރިސޯޓު، މޮންޑްރިއަން މޯލްޑިވްސް ގެ ނަމަށް ރީބްރޭންޑްކޮށް މިއަހަރު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ރިސޯޓު ފަރުމާކޮށްފައިވަނީ އާޓް އަދި ކަލްޗަރ އަށް ބިނާކޮށެވެ. 

މިހަމަމިއާއެކު، މިއަންނަ ފެބްރުއަރީ މަހުގައި ސިކްސް އެންޑް ސިކްސް“ ބްރޭންޑުން މާލެ އަތޮޅު ދެކުނުގައި ތަރައްގީކުރާ ރަށް ގިލި މޯލްޑިވްސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެ ބުރޭންޑުގެ ދަށުން ދޮން މާގަ މޯލްޑިވްސްގެ ނަމުގައި މިއަހަރުގެ ފަހުކޮޅު ރިސޯޓެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.މި ލަކްޒަރީ ރިސޯޓުގެ ވިލާތަށް 1،500  އަކަމީޓަރަށްވުރެ ބޮޑެވެ.

މިއަހަރު 7 ރިސޯޓެއް ތަރައްގީކޮށް ހުޅުވުމަށް ހަމަޖެހިފައިވާއިރު، ފާއިތުވި އަހަރުގައިވެސް ވަނީ ރިސޯޓްތައް ތަރައްގީކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީތައް ހޯދާފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.