Loading…
ޚަބަރު

އިޔާދަކުރަނިވި ހަކަތައާއެކު ރ. ވާދޫއިން އަހަރަކު 117،697 ލީޓަރުގެ ޑީސަލް ސަލާމަތްވާނެ!

އިޔާދަކުރަނިވި ހަކަތައާއެކު ރ. ވާދޫއިން އަހަރަކު 117،697 ލީޓަރުގެ ޑީސަލް ސަލާމަތްވާނެ!

އިޔާދަކުރަނިވި ހަކަތައާއެކު ރ. ވާދޫއިން އަހަރަކު 117،697 ލީޓަރުގެ ޑީސަލް ސަލާމަތްވާނެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބުނެފިއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، 250 ކިލޯވޮޓްގެ ސޯލާ ފޮޓޯވޮލްޓެއިކް (ޕީވީ) ކެޕޭސިޓީ ހިމެނޭ ސޯލާ ޑީސަލް ބެޓެރީ ހައިބްރިޑް ސިސްޓަމަކާއި 412 ކިލޯވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ހަރުކުރުމުގެ މަސައްކަތް ވާދޫގައި ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ސަބަބުން މިރަށުން ޑީސަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެ، އަހަރަކު 117،697 ލީޓަރުގެ ޑީސަލް ސަލާމަތްވެ، އަހަރަކު 288 ޓަނުގެ ޖައްވަށް ބޭރުވާ ވިހަގޭސް މަދުވެގެންދާނެއެވެ.

މި މަޝްރޫޢަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓަށް ބޭނުންވާ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައިން ފޯރުކޮށްދިނުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަޞައްވުރު ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރ. ވާދޫ ސޯލަރ ގެ މަތިން ނަގާފައިވާ ފޮޓޯއެއް —
ރ. ވާދޫގައި ގާއިމުކޮށްފައިވާ ސޯލަރ ނިޒާމް —

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.