Loading…
ޚަބަރު

ރައީސް މުއިއްޒު ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ރައީސް މުއިއްޒު ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ރ.ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށްޓަވައިދެއްވައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވައިފައި ވަނީ އެމަނިކުފާނު ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ ދުވާފަރަށް ކުރެއްޒި ދަތުރުފުޅުގައެވެ. އާރްޓީއެލް ބަހުގެ ޛޛިދުމަތް ދުވާފަރަށް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒެވެ.

ދުވާފަރަކީ 4000 އެއްހާ މީހުން ދިރިއުޅޭ ރަށަކަށް ވާއިރު، މި ޚިދުމަތާއެކު ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އާރުޓީއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކަރާރުގެ އަމާޒެކެވެ.ސަރުކާރުން ދަނީ ރާއްޖޭގެ އާބާދީ ގިނަ ރަށްރަށުގައި އާރުޓީއެލްގެ ޚިދުމަތްތައް ގާއިމްކުރަމުންނެވެ.

ރައީސް ދުވާފަރަށް ކުރެއްވި ދަތުރުފުޅުގައި ބޮޑު ކަންނެލީގެ މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޤާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ވަނީ ހުޅުވާދެއްވާފައެވެ.

 

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.