Loading…
ޚަބަރު

ޖަޕާނުގެ ސަފީރަކަށް މަހުލޫފުގެ ނަން ފޮނުވައިފި

ޖަޕާނުގެ ސަފީރަކަށް މަހުލޫފުގެ ނަން ފޮނުވައިފި

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އަހުމަދު މަހުލޫފުގެ ނަން ރުހުން ހޯދުމަށް ރައްޔިތުނަގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރުއެވެ. އެހެންނަމަވެސް، މިދިޔަ ޖުލައި މަހު ސޯބިރު އަވަހާރަވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.

އެގޮތުން، މަހުލޫފު އައްޔަންކުރުމަށް  މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަ ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.

މަހުލޫފަކީ ނިމިދިޔަ ދައުރުގެ ޔޫތް މިނިސްޓަރެވެ. 2018 ގައި އިންތިހާބަށް ފަހު އެމްޑީޕީގައި ހުންނެވުމަށްފަހު، އެ ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހު ގައެވެ. އެއަށްފަހު މަހުލޫފު ވަނީ މި މަހުގެ ޕީއެންސީގެ ބޮޑު ޖަލްސާގައި އެ ޕާޓީއާ ރަސްމީކޮށް ގުޅިވަޑައިގެންފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.