Loading…
ވިޔަފާރި

ޒަމާނީ ބަދަލުތަކަކާއެކު "ފަހިޕޭ 2.0" ލޯންޗުކޮށްފި

ޒަމާނީ ބަދަލުތަކަކާއެކު "ފަހިޕޭ 2.0" ލޯންޗުކޮށްފި

ރާއްޖޭގައި އެންމެ ގިނަ ބިލްތަކާއި ޚިދުމަތްތަކަށް އެއް އެޕްލިކޭޝަނަކުން ފައިސާ ދެއްކޭ ޕްލެޓްފޯމް ކަމަށްވާ "ފަހިޕޭ"ގެ ދެވަނަ އިސްދާރު (ވާޝަން) ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

"ފަހިޕޭ 2.0" ލޯންޗުކޮށްފައި ވަނީ ކުރިއަށްވުރެ ޒަމާނީ އަދި ބޭނުންކުރަން ފަސޭހަ ޔޫސަރ އިންޓަފޭސްއަކާ އެކުގައެވެ.

ރާއްޖޭގައި ކިއުގައި ޖެހިގެން ބިލްތައް ދެއްކުމުގެ އާދަ ހުއްޓުމަކަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރި މި އެޕްލިކޭޝަނަކީ މިހާރުވެސް ރާއްޖޭގެ ގިނަ ބަޔަކު ބޭނުންކުރަމުންދާ އިތުބާރު ހުރި ޕްލެޓްފޯމެކެވެ. އާ ވާޝަންއާއެކު ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮންލައިންކޮށް އަދި އޮފްލައިންކޮށް ރީލޯޑް ނުވަތަ ރާސްޓަސްގެ އިތުރުން ގިނަ ބިލްތަކަށް ފައިސާ ދެއްކޭނެ މަގު ވަނީ ފަހިވެފައެވެ.

މި އެޕްލިކޭޝަންގެ ޚިދުމަތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކުރެވިފައެވެ. އެގޮތުން ދިރާގު އަދި އުރީދޫގެ ހުރިހާ ބިލަކަށް ފައިސާ ދެއްކުމާއި، ޕެކޭޖު ރީޗާޖު ކުރުމުގެ އިތުރުން ސްޓެލްކޯ ކަރަންޓް ބިލް، މީޑިއާ ނެޓް، ފެން ބިލް އަދި މޯލްޑިވް ގޭސްގެ ގޭސް ފުޅިއަށް އޯޑަރު ކުރުމުގެ ލުއިފަސޭހަކަން ވެސް ފަހިޕޭއިން ލިބިގެންދާނެއެވެ.

ދިވެހި ބަހުން ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަނަކީ ފަސޭހަކަމާއި ރައްކާތެރިކަމާއެކު މުއާމަލާތްތައް ކުރެވޭނެ އެޕެކެވެ. ފަހިޕޭގެ ޚިދުމަތްތައް މޯބައިލް އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ވެސް ހޯދޭނެއެވެ. "ފަހިޕޭ 2.0" މިހާރު ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.