ރ. ވާދޫ ކައުންސިލުން ބާއްވާ ރައްޔިތުންގެ ބައްދަލުވުން ޖުލައި 23 ގައި ބޭއްވުމަށް ނިންމައިފި
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ބާއްވާ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން އަންނަ ޖުލައި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް އެ ކައުންސިލުން އިޢުލާންކޮށްފިއެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ލާޒިމުކުރާ ބައްދަލުވުމެކެވެ. ވާދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި މި ބައްދަލުވުން އޮންނާނީ 2026 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ރ. ވާދޫ ޒުވާނުންގެ މަރުކަޒުގައެވެ.
ބައްދަލުވުމުގެ އެޖެންޑާ
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އަހަރަށް ރަށުގެ ތަރައްޤީއަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން ބައްދަލުވުމުގެ އެޖެންޑާގައި ހިމެނެނީ:
2027 ވަނަ އަހަރުގެ މަސައްކަތު ތާވަލު ރައްޔިތުންނާ ހިއްސާކުރުން
2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންނާ ހިއްސާކުރުން
މި ބައްދަލުވުމަކީ ރަށުގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ ބައްދަލުވުމަކަށްވާތީ، ރަށުގެ ދެޖިންސްގެ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވުމަކީ ވާދޫ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން