ފުރަތަމަ ދައުރުގެ ކިޔެވުން ނިންމައި ދަރިވަރުން ޗުއްޓީއަށް
ހުރަވީ ސްކޫލުގެ ދަރިވަރަކު ބެލެނިވެރިންނާއެކު ރިޕޯޓުފޮތް ބަލަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި ހިނގާ ތައުލީމީ އަހަރުގެ ފުރަތަމަ ދައުރުގެ ނަތީޖާ ދޫކުރުމަށްފަހު، ދަރިވަރުންނަށް ލިބޭ 12 ދުވަހުގެ ބަންދު މިއަދު ފެށިއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ތާވަލުގައިވާ ގޮތުން، ދެވަނަ ޓާމުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.
މި އަހަރުގެ ބޮޑު ޗުއްޓީގެ މުއްދަތަކީ ޑިސެމްބަރު 18 އިން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ 12 އެވެ. އަދި އާ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ކަނޑައަޅާފައިވަނީ ޖެނުއަރީ 17 ގައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ސަރުކާރުގެ 217 މަދަރުސާއެއްގައި 81،000 އަށްވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރަމުންދާއިރު، އެ ކުދިންނަށް އުނގަންނައިދިނުމުގައި 9،950 މުދައްރިސުން މަސައްކަތް ކުރައްވައެވެ.
އަމިއްލަ ސްކޫލުތަކުގައި އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، މީގެ ތެރެއިން 9،000 އަށްވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރަނީ މާލެ ސަރަހައްދުގައެވެ.
މި އަހަރުގެ ތެރޭގައި އަތޮޅުތަކުން މާލޭގެ ސްކޫލުތަކަށް 1،530 ދަރިވަރުން ބަދަލުވެފައިވާއިރު، މާލެއިން ހުޅުމާލޭގެ މަދަރުސާތަކަށް 836 ކުދިން ބަދަލުވެފައިވާކަން ފާހަގަކުރެވެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން