Loading…
ޚަބަރު

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ވައިގެމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އަތުލައިގެންފައެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މުޅިން މަނާކޮށްފައިވާއިރު، ކަސްޓަމްސްއިން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. މިފަދަ މަނާ ތަކެތި ރާއްޖެއަށް އެތެރެކުރަން އުޅޭ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ބޮޑެތި ފިޔަވަޅުތަކާއި ޖޫރިމަނާ ކުރެވޭނެއެވެ.

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ހާމަކުރިގޮތުގައި، މި ވޭޕް ކާޓްރީޖްތައް އަތުލާފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ވޭލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އިންނެވެ.ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ އެންމެހައި ތަކެތި އެތެރެކުރުމާއި، ގެންގުޅުމާއި، ވިޔަފާރިކުރުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން މަނާކޮށްފައިވާތީ، ކަސްޓަމްސްއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. މިފަދަ ތަކެތި އެތެރެކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ބޮޑެތި ޖޫރިމަނާތަކެއް ކުރަން ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ އެންމެހައި ތަކެތި އެތެރެކުރުމާއި، ގެންގުޅުމާއި، އަދި ވިޔަފާރިކުރުން މަނާކޮށްފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވޭޕް ކުރާ ތަކެތި އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.