Loading…
ކުޅިވަރު

މޮރޮކޯއަށް މުބާރާތް ނިމިއްޖެ، ސެމީގެ ފުރަތަމަ ޖާގަ ފްރާންސަށް

މޮރޮކޯއަށް މުބާރާތް ނިމިއްޖެ، ސެމީގެ ފުރަތަމަ ޖާގަ ފްރާންސަށް

ޢުޘްމާން ޑެމްބެލޭ

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބުކޮށްފިއެވެ. މެޗު ކާމިޔާބުކުރުމާއެކު ފްރާންސް މިވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބެލްޖިއަމް އަދި ސްޕެއިން ބައްދަލުކުރާ މެޗަށްފަހު ފްރާންސަށް ސެމީގައި ވާދަކުރަންޖެހޭ ޓީމެއް ޔަޤީންވާނެއެވެ.
  • ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބުކޮށްފި
  • ސާއި މޮރޮކޯ ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބުކޮށްފިއެވެ. މެޗު ކާމިޔާބުކުރުމާއެކު ފްރާންސް މިވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައި
  • ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބެލްޖިއަމް އަދި ސްޕެއިން ބައްދަލުކުރާ މެޗަށްފަހު ފްރާންސަށް ސެމީގައި ވާދަކުރަންޖެހޭ ޓީމެއް ޔަޤީންވާނެ

ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބުކޮށްފިއެވެ.

ފްރާންސް މެޗު ކާމިޔާބުކުރީ 0-2އިންނެވެ.

މެޗު ކާމިޔާބުކުރުމާއެކު ފްރާންސް މިވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.

ފްރާންސް އަދި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ: ފީފާ
ފްރާންސް އަދި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ: ފީފާ

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބުނުކުރެވެއެވެ. ނަމަވެސް ފްރާންސުން ދިޔައީ ނުރައްކާތެރި ގިނަ ޙަމަލާތަކެއް މޮރޮކޯ ކޮޅަށް ފޮނުވަމުންނެވެ. އަދި ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭއަށް މޮރޮކޯގެ މަޒްރޫޢީ ކުރި ފައުލަކާ ގުޅިގެން ފްރާންސަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް އެމްބާޕޭ ފޮނުވާލި ޕެނަލްޓީ މޮޮރޮކޯގެ ގޯލްކީޕަރު ދިފާޢުކުރީއެވެ.

މެޗުގައި ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް އެމްބާޕޭ ވަނީ އޭނާގެ ފެންވަރު ދައްކާލައިފައެވެ. އެހެނީ މެޗުގެ 60ވަނަ މިނެޓުގައި އޭނާ ފޮނުވާލި ރީތި ޙަމަލާ ގޯލުގެ ތެރެއަށް ވަދެ ފްރާންސުން ވަނީ ލީޑު ނަގައިފައެވެ.

ކީލިއަން އެމްބާޕޭ ލަނޑުޖެހުމަށްފަހު --ފޮޓޯ: ފީފާ
ކީލިއަން އެމްބާޕޭ ލަނޑުޖެހުމަށްފަހު --ފޮޓޯ: ފީފާ

މި ލީޑު ފުޅާކުރީ 66ވަނަ މިނެޓުގައި ޢުޘްމާން ޑެމްބެލޭގެ ޙަމަލާއެއް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން މޮރޮކޯ ބަލިވެ މުބާރާތާ ވަކިވާންޖެހިފައި މިވަނީ 2022ވަނަ އަހަރު ވެސް މޮރޮކޯ ކަޓުވާލި ޓީމު ކައިރިން މޮޅު ނުވެވިގެންނެވެ. އެގޮތުން 2022ވަނަ އަހަރު ސެމީ ފައިނަލުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ ފަހަރު ވެސް ފްރާންސުން މޮރޮކޯގެ މައްޗަށް ކުރި ހޯދީ 0-2ގެ ނަތީޖާއަކުންނެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބެލްޖިއަމް އަދި ސްޕެއިން ބައްދަލުކުރާ މެޗަށްފަހު ފްރާންސަށް ސެމީގައި ވާދަކުރަންޖެހޭ ޓީމެއް ޔަޤީންވާނެއެވެ. އެ މެޗު އޮންނާނީ 10 ޖުލައި ވާ ހުކުރު ދުވަހުގެރޭ (ރާއްޖެ ގަޑިން) 12:00ގައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.