އެމެރިކާ ސައިޒުކޮށް ބެލްޖިއަމް ކުއާޓާ ފައިނަލުގެ ޖާގަ ޔަޤީންކޮށްފި
- ވޯލްޑް ކަޕުގެ ގަދަ 16ގައި އެމެރިކާއާއި ބެލްޖިއަމް ބައްދަލުކުރި މެޗު، ތަފާތުބޮޑުކޮށް ބެލްޖިއަމުން ކާމިޔާބުކޮށްފި
- ބެލްޖިއަމް މެޗު ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުން
- މިއީ އެމެރިކާއިން ވޯލްޑް ކަޕުގައި ކުޅުނު 12ވަނަ ފަހަރު
- ބެލްޖިއަމް މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ސްޕެއިންއާ
ފީފާ ވޯލްޑް ކަޕުގެ ގަދަ 16ގައި އެމެރިކާއާއި ބެލްޖިއަމް ބައްދަލުކުރި މެޗު، ތަފާތުބޮޑުކޮށް ބެލްޖިއަމުން ކާމިޔާބުކޮށްފިއެވެ.
ބެލްޖިއަމް މެޗު ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ބެލްޖިއަމްއެވެ. 9ވަނަ މިނެޓުގައި ކެޓެލިއަރޭ ކާމިޔާބުކުރި ލަނޑާއެކު ބެލްޖިއަމުން މެޗުގެ ކޮންޓްރޯލް ނެގި ނަމަވެސް 31ވަނަ މިނެޓުގައި އެމެރިކާއިން ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފައެވެ. ނަމަވެސް ލަސްތަކެއްނުވެ ބެލްޖިއަމްގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކުރީ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
ފުރަތަމަ ހާފު 2-1އިން ނިމިގެންދިޔައިރު މެޗުގައި އެމެރިކާއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެމެރިކާގެ ފެންވަރު ފެނިގެންދިޔަ އެ މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމުން ވަނީ އިތުރު ދެ ލަނޑު ޖަހައިފައެވެ. އެއީ 57ވަނަ މިނެޓުގައި ހާންސް ވަނާކެން ކާމިޔާބުކުރި ލަނޑާއި މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ރޮމޭލޫ ލުކާކޫ ކާމިޔާބުކުރި ލަނޑެވެ.
މިއީ އެމެރިކާއިން ވޯލްޑް ކަޕުގައި ކުޅުނު 12ވަނަ ފަހަރެވެ.
ބެލްޖިއަމް މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ސްޕެއިންއާއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން