ހާލާންޑްގެ ދެ ލަނޑާއެކު ފަސްތަރީގެ ބްރެޒިލް ކަޓުވާލައި ނޯވޭ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި
- ވޯލްޑް ކަޕުގެ ގަދަ 16ގައި ބްރެޒިލްއާއި ނޯވޭ ބައްދަލުކުރި މެޗު ނޯވޭއިން ކާމިޔާބުކޮށްފި
- އިން ނޯވޭއިން މެޗު ކާމިޔާބުކުރިއިރު މެޗުގައި ނޯވޭއަށް ދެ ލަނޑު ވެސް ޖަހައިދިނީ އާލިިންގ ހާލާންޑް
- މިއީ ނޯވޭ ވޯލްޑް ކަޕުގެ ތާރީޚުގައި ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު
- ނޯވޭއިން މުބާރާތުގެ ކުއާޓާ ފައިނަލުގައި ނުކުންނާނީ އިނގިރޭސިން ނުވަތަ މެކްސިކޯއާ ދެކޮޅަށް
ފީފާ ވޯލްޑް ކަޕުގެ ގަދަ 16ގައި ބްރެޒިލްއާއި ނޯވޭ ބައްދަލުކުރި މެޗު ނޯވޭއިން ކާމިޔާބުކޮށްފިއެވެ.
1-2އިން ނޯވޭއިން މެޗު ކާމިޔާބުކުރިއިރު މެޗުގައި ނޯވޭއަށް ދެ ލަނޑު ވެސް ޖަހައިދިނީ އާލިިންގ ހާލާންޑެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ރީތި މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ.
ނޯވޭގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ 80ވަނަ މިނެޓުގައެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކުރީ އޭގެ ބަރާބަރު 10 މިނެޓު ފަހުންނެވެ.
މެޗުގައި ބްރެޒިލްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ އެންމެ ފަހު ވަޤުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ނޭމަރ ޖޫނިއަރއެވެ.
މި މެޗުގައި ހާލާންޑް ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ މިވަނީ މި މުބާރާތުގައި ޖެހި ޖުމްލަ ލަނޑުގެ ޢަދަދު 7އަށް އަރައިފައެވެ. އެހެންކަމުން މެސީއާއި އެމްބާޕޭ އަދި ހާލާންޑް މިހާރު މިވަނީ އެއްވަރެއްގައެވެ.
މެޗުން މޮޅުވެ ކުއާޓާ ފައިނަލަށް ނޯވޭ ދަތުރުކުރުމާއެކު އެ ޓީމުން މިވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ. އެގޮތުން މިއީ ނޯވޭ ވޯލްޑް ކަޕުގެ ތާރީޚުގައި ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ދިވެހިންގެ ގިނަ ބައެއްގެ ތެރޭގައި މަޤްބޫލު ބްރެޒިލްއަށް މުބާރާތް މި ނިންމާލަންޖެހުނީ މޮޅު ކުޅުމެއް ކުޅުމަށްފަހުއެވެ. ފަހުގެ ތާރީޚެއްގައި ބްރެޒިލްއަށް ވޯލްޑް ކަޕުގައި ރަނގަޅު ހިސާބަކަށް ދެވުނީ 2014ގައެވެ. އެ އަހަރުގެ މުބާރާތުގައި ސެމީ ފައިނަލުން ބްރެޒިލް ބަލިވީ ޖަރުމަނު އަތުން ލަދުވެތި ނަތީޖާއެއްގައެވެ.
ނޯވޭއިން މުބާރާތުގެ ކުއާޓާ ފައިނަލުގައި ނުކުންނާނީ އިނގިރޭސިން ނުވަތަ މެކްސިކޯއާ ދެކޮޅަށެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން