Loading…
ކުޅިވަރު

ހިތާމަވެރި ޚަބަރެއް؛ މިއީ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑް ކަޕު ކަމަށް އޭނާ އިޢުލާންކޮށްފި

ހިތާމަވެރި ޚަބަރެއް؛ މިއީ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑް ކަޕު ކަމަށް އޭނާ އިޢުލާންކޮށްފި

ކްރިސްޓިއާނޯ ރޮނާލްޑޯ

މިހާރު ކުރިއަށްދާ ވޯލްޑް ކަޕަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑް ކަޕު ކަމަށް އޭނާ އިޢުލާންކޮށްފިއެވެ. 2026ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16ގެ މެޗުތައް ފެށިގެން ކުރިއަށްދާ މި ދަނޑިވަޅުގައި މި ޚަބަރަކީ ޚާއްޞަކޮށް ރޮނާލްޑޯގެ ސަޕޯޓަރުންނަން އަޑުއަހަން ފަސޭހަ ޚަބަރަކަށް ނުވާނެކަން ޔަޤީނެވެ. މިއަހަރުގެ ވޯލްޑް ކަޕު ރޮނާލްޑޯއަށް ކާމިޔާބު ނުކުރެވިއްޖެނަމަ، އޭނާ އޭނާގެ ކެރިއަރު އެ ނިންމާލަނީ ޖެހިޖެހިގެން 6 ވޯލްޑް ކަޕެއްގައި ކުޅެ އެއްވެސް ވޯލްޑް ކަޕެއްގެ ތަށްޓާ ހަމައަށް ވާޞިލު ނުވެވިއެވެ.
  • މިހާރު ކުރިއަށްދާ ވޯލްޑް ކަޕަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑް ކަޕު ކަމަށް އޭނާ އިޢުލާންކޮށްފި
  • ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16ގެ މެޗުތައް ފެށިގެން ކުރިއަށްދާ މި ދަނޑިވަޅުގައި މި ޚަބަރަކީ ޚާއްޞަކޮށް ރޮނާލްޑޯގެ ސަޕޯޓަރުންނަން އަޑުއަހަން ފަސޭހަ ޚަބަރަކަށް ނުވާނެކަން ޔަޤީން
  • މިއަހަރުގެ ވޯލްޑް ކަޕު ރޮނާލްޑޯއަށް ކާމިޔާބު ނުކުރެވިއްޖެނަމަ، އޭނާ އޭނާގެ ކެރިއަރު އެ ނިންމާލަނީ ޖެހިޖެހިގެން 6 ވޯލްޑް ކަޕެއްގައި ކުޅެ އެއްވެސް ވޯލްޑް ކަޕެއްގެ ތަށްޓާ ހަމައަށް ވާޞިލު ނުވެވި

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ، ނަން މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑް ކަޕު ކަމަށް އޭނާ އިޢުލާންކޮށްފިއެވެ.

ރޮނާލްޑޯ މީޑިއާތަކަށް މިއަދު ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ މިއީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށާއި، މިފަހަރު މެޗުތައް ބަލައިގެން ސަޕޯޓަރުން ހިތްހަމަޖައްސާލުމަށް ބުނެފައެވެ.

"އާނ، މިއީ އަހަރެން ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް، އެހެންވީމަ އެންމެ މުހިއްމު ކަމަކީ މި މުބާރާތް އެންޖޯއީކުރުން" ކްރިސްޓިއާނޯ ބުނެފައިވެއެވެ.

May be an image of ‎soccer, football and ‎text that says '‎ا THIS WILL BE MY LAST WORLD CUP CRISTIANO RONALDO‎'‎‎

2026ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16ގެ މެޗުތައް ފެށިގެން ކުރިއަށްދާ މި ދަނޑިވަޅުގައި މި ޚަބަރަކީ ޚާއްޞަކޮށް ރޮނާލްޑޯގެ ސަޕޯޓަރުންނަން އަޑުއަހަން ފަސޭހަ ޚަބަރަކަށް ނުވާނެކަން ޔަޤީނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ފުޓުބޯޅަ ޙަޔާތް ފެށުނީ 2003ވަނަ އަހަރެވެ. މެންޗެސްޓަރ ޔުނައިޓެޑަށް އެންމެ ފުރަތަމަ ކުޅެން ފެށި ރޮނާލްޑޯ ކުޅުނު ފުރަތަމަ ވޯލްޑް ކަޕަކީ 2006ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އޭގެފަހުން ކޮންމެ ވޯލްޑް ކަޕެއްގައި ޕޯޗުގަލްގެ ޤައުމީ ޓީމު ތަމްޞީލްކުރަމުން އަންނަ ރޮނާލްޑޯ ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ރެކޯޑެއް ޤާއިމުކޮށްފައެވެ.

އެގޮތުން އޭނާއަކީ ކެރިއަރުގައި އެންމެ ފުރަތަމަ ފަހަރަށް 900 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ. އަދި މީގެއިތުރުން އޭނާ ވަނީ 5ފަހަރު ބެލޮންްޑިއޯރ ކާމިޔާބުކޮށްފައެވެ. އަދި ހަމައެހެންމެ އެތައް ފަހަރަކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރޮނާލްޑޯއަކީ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާއެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ގަދަ 16އަށް ރޮނާލްޑޯއާއި ޓީމު ދަތުރުކޮށްފައިވާއިރު ގަދަ 16ގައި ޕޯޗުގަލް ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުން ކިރިޔާ ސަލާމަތްވެ ގަދަ 32އަށް ދަތުރުކުރި ޕޯޗުގަލް ގަދަ 32ގައި ކޮރޮއޭޝިއާ ބަލިކުރީ 1-2ގެ ނަތީޖާއަކުންނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލް
ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލް

މިއަހަރުގެ ވޯލްޑް ކަޕު ރޮނާލްޑޯއަށް ކާމިޔާބު ނުކުރެވިއްޖެނަމަ، އޭނާ އޭނާގެ ކެރިއަރު އެ ނިންމާލަނީ ޖެހިޖެހިގެން 6 ވޯލްޑް ކަޕެއްގައި ކުޅެ އެއްވެސް ވޯލްޑް ކަޕެއްގެ ތަށްޓާ ހަމައަށް ވާޞިލު ނުވެވިއެވެ. ފުޓުބޯޅައަށް ލޯބިކުރާ މީހުންނަށް ހަމަ ޤައިމުވެސް މިއީ ހިތާމައެކެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.