ގަދަ 16ގައި ޕޯޗުގަލްއާއި ސްޕެއިންްގެ ކުރިމަތިލުމެއް
- ވޯލްޑް ކަޕުގެ ގަދަ 32ގައި ސްޕެއިން އަދި އޮސްޓްރިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ސްޕެއިނުން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16އަށް ދަތުރުކޮށްފި
- އިން ސްޕެއިން މެޗު ކާމިޔާބުކޮށްފައިވަނީ މިކޭލް އޮޔަރްޒަބާލްގެ ދެ ލަނޑާއި ޕެޑްރޯ ޕޯރޯގެ ލަނޑާއެކުގައި
- ގަދަ 32ގައި ކްރޮއޭޝިއާ ކައިރިން ހަނި ގޮތަކަށް ހޯދި މޮޅާއެކު ޕޯޗުގަލްއިން ގަދަ 16ގެ ޖާގަ ވަނީ ކަށަވަރުކޮށްފައި
- ގަދަ 16ގައި ސްޕެއިންއާއި ޕޯޗުގަލް ބައްދަލުކުރާ މެޗު އޮންނާނީ ޖުލައި 6ވާ ހޯމަ ދުވަހުގެރޭ (ރާއްޖެ ގަޑިން) 12 ޖަހާއިރު
ފީފާ ވޯލްޑް ކަޕުގެ ގަދަ 32ގައި ސްޕެއިން އަދި އޮސްޓްރިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ސްޕެއިނުން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16އަށް ދަތުރުކޮށްފިއެވެ.
3-0އިން ސްޕެއިން މެޗު ކާމިޔާބުކޮށްފައިވަނީ މިކޭލް އޮޔަރްޒަބާލްގެ ދެ ލަނޑާއި ޕެޑްރޯ ޕޯރޯގެ ލަނޑާއެކުގައެވެ.
މިފަހަރުގެ ވޯލްޑް ކަޕުގެ ތަށްޓަށް އެންމެ ކައިރިން ވާދަކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ސްޕެއިން ގަދަ 16އަށް ގޮސްފައިވާއިރު، ގަދަ 16ގައި ސްޕެއިން ބައްދަލުކުރާނީ ދެން އެންމެ ވަރުގަދަ އަދި ވޯލްޑް ކަޕު ކާމިޔާބުކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ޕޯޗުގަލްއާއެވެ.
ގަދަ 32ގައި ކްރޮއޭޝިއާ ކައިރިން ހަނި ގޮތަކަށް ހޯދި މޮޅާއެކު ޕޯޗުގަލްއިން ގަދަ 16ގެ ޖާގަ ވަނީ ކަށަވަރުކޮށްފައެވެ.

ރޮނާލްޑޯގެ ޙަޔާތުގައި ވެސް ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރެއްގައި ޖެހި ފުރަތަމަ ލަނޑާއެކު ފަހަތުން އަރައި ޕޯޗުގަލްއިން މޮޅު ހޯދީ 2018ވަނަ އަހަރުގެ ވޯލްޑް ރަނަރަޕް ކްރޮއޭޝިއާ ހިތްދަތި ގޮތަކަށް 2-1ގެ ނަތީޖާއިން ބަލިކޮށްފައެވެ.
މުބާރާތުގެ ގަދަ 16ގައި ސްޕެއިނުން ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު މި ދެ ޓީމު ވަނީ މީގެ ކުރިން ވެސް އެކި މުބާރާތްތަކުގައި ބައްދަލުކޮށްފައެވެ. އެގޮތުން މި ދެ ޓީމު ފަހުގެ ތާރީޚެއްގައި އެންމެ ފަހުން ބައްދަލުކުރީ 2025ވަނަ އަހަރުއެވެ. ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި މި ދެ ޓީމު މިދިޔަ އަހަރު ބައްދަލުކޮށް ވަނީ 2-2އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ވަނީ ކުރިހޯދައިފައެވެ.
މީގެއިތުރުން 2018ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ވެސް މި ދެޓީމު ވަނީ ބައްދަލުކޮށްފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓް-ޓްރިކް ފެނިގެންދިޔަ މި މެޗު ނިމުނީ 3-3އިން އެއްވަރުވެގެންނެވެ.
ގަދަ 16ގައި ސްޕެއިންއާއި ޕޯޗުގަލް ބައްދަލުކުރާ މެޗު އޮންނާނީ ޖުލައި 6ވާ ހޯމަ ދުވަހުގެރޭ (ރާއްޖެ ގަޑިން) 12 ޖަހާއިރުއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން