Loading…
ކުޅިވަރު

ސެނެގާލް ހިތުގައި ޖައްސައި، ފަހު ފަސް މިނެޓު ތެރޭގައި ބަދަލުކޮށްލި ނަތީޖާއާއެކު ބެލްޖިއަމް ގަދަ 16އަށް

ސެނެގާލް ހިތުގައި ޖައްސައި، ފަހު ފަސް މިނެޓު ތެރޭގައި ބަދަލުކޮށްލި ނަތީޖާއާއެކު ބެލްޖިއަމް ގަދަ 16އަށް

ޔޫރީ ތިއެލެމަންސް، ބެލްޖިއަމް

ބެލްޖިއަމްއިން މެޗު ކާމިޔާބުކުރީ 2-3ގެ ނަތީޖާއަކުންނެވެ. މެޗުގައި ސެނެގާލުން ދިޔައީ މޮޅު ކުޅުމެއް ދައްކައި ބެލްޖިއަމްއަށް ޕްރެޝަރު ކުރަމުންނެވެ. ބެލްޖިއަމް ތަފާތު މޮޅަކުން ސެނެގާލްގެ މައްޗަށް ކުރި ހޯދައި މިވަނީ ގަދަ 16ގެ ޖާގަ ކަށަވަރުކޮށްފައެވެ. ބެލްޖިއަމް މި މުބާރާތުގެ ގަދަ 16ގައި ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.
  • ބެލްޖިއަމްއިން މެޗު ކާމިޔާބުކުރީ 2-3ގެ ނަތީޖާއަކުން
  • މެޗުގައި ސެނެގާލުން ދިޔައީ މޮޅު ކުޅުމެއް ދައްކައި ބެލްޖިއަމްއަށް ޕްރެޝަރު ކުރަމުން
  • ބެލްޖިއަމް ތަފާތު މޮޅަކުން ސެނެގާލްގެ މައްޗަށް ކުރި ހޯދައި މިވަނީ ގަދަ 16ގެ ޖާގަ ކަށަވަރުކޮށްފައި
  • ބެލްޖިއަމް މި މުބާރާތުގެ ގަދަ 16ގައި ނުކުންނާނީ އެމެރިކާއާ ދެކޮޅަށް

ފީފާ ވޯލްޑް ކަޕުގެ ގަދަ 32ގައި ބެލްޖިއަމްއާއި ސެނެގާލް ބައްދަލުކުރި މެޗު ބެލްޖިއަމް ކާމިޔާބުކޮށް ގަދަ 16ގެ ޖާގަ ހޯދައިފިއެވެ.

ބެލްޖިއަމްއިން މެޗު ކާމިޔާބުކުރީ 2-3ގެ ނަތީޖާއަކުންނެވެ.

މެޗުގައި ސެނެގާލުން ދިޔައީ މޮޅު ކުޅުމެއް ދައްކައި ބެލްޖިއަމްއަށް ޕްރެޝަރު ކުރަމުންނެވެ. އެގޮތުން ސެނެގާލުން މެޗުގެ 24ވަނަ މިނެޓުގައި ވަނީ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގައިފައެވެ. އެ ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައީއެވެ.

މެޗުގެ ދެވަނަ ހާފަށް ބެލްޖިއަމްއިން ނުކުތީ ބަދަލަކާއެކުގައެވެ. އެހެނީ ކެޓެލިއަރީގެ ބަދަލުގައި ރޮމޭލޫ ލުކާކޫ ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެފައެވެ. ނަމަވެސް ބެލްޖިއަމްއަށް ކުރިމަތިވީ އިތުރު ޕްރެޝަރަކާއެވެ. ސެނެގާލުން 51ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑުޖަހައި ވަނީ ލީޑު ފުޅާކޮށްފައެވެ.

އިސްމާޢިލާ ސާރް، ސެނެގާލް
އިސްމާޢިލާ ސާރް، ސެނެގާލް

އެންމެ ފަހު 5 މިނެޓާ ޖެހެންދެން 0-2ގެ ނަތީޖާގައި ސެނެގާލުން މެޗު ލީޑު ކުރަމުންދިޔަ ނަމަވެސް މުޅި މެޗުގެ އޮއިވަރު ބަދަލުވީ 86ވަނަ މިނެޓުގައި ލުކާކޫ ކާމިޔާބުކުރި ލަނޑާއެކުގައެވެ. އެއަށްފަހު 90 މިނެޓު ހަމަވުމުގެ ކުރިން އަނެއްކާވެސް ބެލްޖިއަމްއިން ތިއެލެމަންސް ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ.

މެޗު ނިމެން 4 މިނެޓަށްވެފައިވަނިކޮށް ދެ ލަނޑުޖަހައި އެއްވަރުކޮށް އިތުރު 15 މިނެޓުގެ ދެ ހާފު ކުޅެން ޖެހުނެވެ. ޕެނަލްޓީ ޝޫޓްއައުޓަކަށް ނުގޮސް މެޗު ނިންމާލަންޖެހުނީ އިތުރު ހާފުގެ ތެރޭގައި ސެނެގާލުން ކުރި ފައުލަކާ ގުޅިގެން، ބެލްޖިއަމްއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރުމުންނެވެ. 2-3އިން ބެލްޖިއަމް ތަފާތު މޮޅަކުން ސެނެގާލްގެ މައްޗަށް ކުރި ހޯދައި މިވަނީ ގަދަ 16ގެ ޖާގަ ކަށަވަރުކޮށްފައެވެ.

ޔޫރީ ތިއެލެމަންސް، ބެލްޖިއަމް
ޔޫރީ ތިއެލެމަންސް، ބެލްޖިއަމް

ބެލްޖިއަމްއަކީ ވޯލްޑް ކަޕުގެ ތާރީޚުގައި ރަނގަޅު ހިސާބުތަކަށް ދަތުރުކޮށްފައިވާ ޓީމެކެވެ. އެހެންނަމަވެސް އަދި އެއްވެސް މުބާރާތެއްގެ ތަށްޓާ ހަމައަށް ވާޞިލުވެވިފައެއް ނުވެއެވެ. 2022ވަނަ އަހަރު ގްރޫޕް ސްޓޭޖުން މުބާރާތާ ވަކިވި ބެލްޖިއަމްއަކީ 2018ވަނަ އަހަރުގެ ވޯލްޑް ކަަޕުގެ ސެމީ ފައިނަލުގައި ވެސް ކުޅުނު ޓީމެކެވެ. އަދި 2014ވަނަ އަހަރުގެ ކުއާޓާ ފައިނަލުގައި ވެސް ބެލްޖިއަމް ވަނީ ކުޅެފައެވެ.

ސެނެގާލަކީ 2022ވަނަ އަހަރުގެ ވެސް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވަނަ ބުރަށް ދަތުރުކުރީ ޓީމެކެވެ. ނަމަވެސް ގަދަ 16ގައި އެ ޓީމު އިންގްްލެންޑު އަތުން ބަލިވެ ކެޓީއެވެ.

ބެލްޖިއަމް މި މުބާރާތުގެ ގަދަ 16ގައި ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.