ފަސޭހަކަމާއެކު ފްރާންސް ގަދަ 16އަށް
- ފްރާންސް މެޗު ކާމިޔާބުކުރީ 0-3އިން
- މުބާރާތުގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނ އެއް ޓީމު ކަމަށްވާ ފްރާންސް، މި މުބާރާތުގެ މިހާތަނަށް ކުޅުނު 4 މެޗުގައި ވެސް މަދުވެގެން 3 ލަނޑު ވަނީ ޖަހައިފައި
- ފްރާންސް ގަދަ 16ގައި ނުކުންނާނީ ޕެރަގުއޭއާ ދެކޮޅަށް
ފީފާ ވޯލްޑް ކަޕުގެ ގަދަ 32ގައި ފްރާންސާއި ސްވިޑެން ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ފްރާންސުން ކާމިޔާބުކޮށް ގަދަ 16އަށް ދަތުރުކޮށްފިއެވެ.
ފްރާންސް މެޗު ކާމިޔާބުކުރީ 0-3އިންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ވަރަށް ކުޑަތަންވެފައި ވަނިކޮށް ފްރާންސަށް ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭއެވެ. އަދި ދެވަނަ ހާފު ފެށި ގިނައިރުތަކެއް ނުވެ 53ވަނަ މިނެޓުގައު ބާކޯލާގެ ލަނޑަކާއެކު ލީޑު ވަނީ ފްރާންސުން ފުޅާކޮށްފައެވެ. މެޗު ނިމިގެންދިޔައީ އެމްބާޕޭގެ އިތުރު ލަނޑަކާއެކު 0-3އިންނެވެ.
މުބާރާތުގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނ އެއް ޓީމު ކަމަށްވާ ފްރާންސް، މި މުބާރާތުގެ މިހާތަނަށް ކުޅުނު 4 މެޗުގައި ވެސް މަދުވެގެން 3 ލަނޑު ވަނީ ޖަހައިފައެވެ.
މެޗުގައި ކީލިއަން އެމްބާޕޭ ޖެހި ދެ ލަނޑާއެކު މިހާރު އޭނާ ވަނީ ވޯލްޑް ކަޕުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުގައި މިހާރު ހުރި މެސީއާ އެއްވަރުކޮށްފައެވެ.
ފްރާންސް ގަދަ 16ގައި ނުކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖުލައި 4ވަނަ ދުވަހުގެރޭ (ރާއްޖެ ގަޑިން) މެންދަމު 2 ޖަހާއިރުއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން