Loading…
ކުޅިވަރު

އޭޝިއާ ރޮއްވާލުމަށްފަހު ގަދަ 16އިން ބްރެޒިލް ޖާގަ ހޯދައިފި

އޭޝިއާ ރޮއްވާލުމަށްފަހު ގަދަ 16އިން ބްރެޒިލް ޖާގަ ހޯދައިފި
ޖަޕާނާއި މުޅި އޭޝިއާ ރޮއްވާލުމަށްފަހު ބްރެޒިލް ގަދަ 16އަށް ދަތުރުކުރީ ގަދަ 32ގައި 1-2ގެ ނަތީޖާއަކުން ޖަޕާނު ބަލިކޮށްގެންނެވެ. ގަދަ 16ގައި ބްރެޒިލް ބައްދަލުކުރާނީ ނޯވޭ ނުވަތަ އައިވަރީ ކޯސްޓާ ދެކޮޅަށެވެ.
  • ޖަޕާނާއި މުޅި އޭޝިއާ ރޮއްވާލުމަށްފަހު ބްރެޒިލް ގަދަ 16އަށް ދަތުރުކުރީ ގަދަ 32ގައި 1-2ގެ ނަތީޖާއަކުން ޖަޕާނު ބަލިކޮށްގެން
  • ގަދަ 16ގައި ބްރެޒިލް ބައްދަލުކުރާނީ ނޯވޭ ނުވަތަ އައިވަރީ ކޯސްޓާ ދެކޮޅަށް

ފީފާ ވޯލްޑް ކަޕުގެ ގަދަ 16ގެ ދެވަނަ ޖާގަ ބްރެޒިލްއިން ކަށަވަރުކޮށްފިއެވެ.

ބްރެޒިލް ގަދަ 16އަށް ދަތުރުކުރީ ގަދަ 32ގައި 1-2ގެ ނަތީޖާއަކުން ޖަޕާނު ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖަޕާނުގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. ބްރެޒިލްގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ފުރަތަމަ ހާފުގެ 29ވަނަ މިނެޓުގައި ޖަޕާނުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. ސާނޯ ކާމިޔާބުކުރި މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެއެވެ.

ބްރެޒިލްއާއި ޖަޕާން ބައްދަލުކުރި މެޗުގެ ތެރެއިން
ބްރެޒިލްއާއި ޖަޕާން ބައްދަލުކުރި މެޗުގެ ތެރެއިން

ނަމަވެސް ދެވަނަ ހާފުގައި ބްރެޒިލްގެ ފަރާތުން ދެއްކީ ފަހަތަށް ނުޖެއްސޭނޭ ބުނާ ކަހަލަ ހަރު ކުޅުމެކެވެ. ޖަޕާނު ގޯލަށް ނުރައްކާތެރި އެތައް ޙަމަލާއެއް ބްރެޒިލުން ދިޔައީ ފޮނުވަމުންނެވެ. މެޗުގެ ނަތީޖާ 1-1އަށް ބަދަލުކޮށްލީ 56ވަނަ މިނެޓުގައި ކަސެމީރޯ ކާމިޔާބުކުރި ރީތި ލަނޑަކުންނެވެ. އެއާއެކު މެޗުގެ ފޯރި ދިޔައީ އިތުރަށް ގަދަވެގެންނެވެ.

މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ބްރެޒިލްގެ ދެވަނަ ލަނޑު މާޓިނެލީ ކާމިޔާބުކުރުމާއެކު ކުޅޭނެ އިތުރު ފުރުޞަޠުތަކެއް ނުލިބި މެޗު ނިމިގެންދިޔައީ ޖަޕާން މުބާރާތާ އަލްވަދާޢު ކިޔަމުންނެވެ.

ޖަޕާނަކީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި، އޭޝިއާއަށް ނިޞްބަތްވާ ހަމައެކަނި ޓީމެވެ. އެހެންކަމުން ޖަޕާން ވަކިވުމާއެކު މިވަނީ މުބާރާތުން އޭޝިއާގެ ހުރިހާ ޓީމުތަކެއް ވަކިވެފައެވެ.

ޖަޕާނާއި މުޅި އޭޝިއާ ރޮއްވާލުމަށްފަހު ބްރެޒިލް މިވަނީ 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ގަދަ 16އަށް ދަތުރުކޮށްފައެވެ.

ގަދަ 16ގައި ބްރެޒިލް ބައްދަލުކުރާނީ ނޯވޭ ނުވަތަ އައިވަރީ ކޯސްޓާ ދެކޮޅަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.