ގަދަ 16ގެ ފުރަތަމަ ޖާގަ ކެނަޑާއަށް
- ވޯލްޑް ކަޕުގެ ގަދަ 32ގެ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާ އަދި ކެނަޑާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ކެނަޑާއިން ގަދަ 16އަށް ދަތުރުކޮށްފި
- އިން ކާމިޔާބުކުރި މި މެޗުގައި ކެނަޑާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ސްޓެފެން އެސްޓާކިއޯ
- މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ މޮޅު ކުޅުމެއް
- ކެނަޑާއިން މުބާރާތުގެ ގަދަ 16ގެ ޖާގަ ކަށަވަރުކުރިއިރު އެ ކެނަޑާއިން ގަދަ 16ގައި ކުރިމަތިލާންޖެހޭނީ ނެދަލޭންޑްސް ނުވަތަ މޮރޮކޯއާ ދެކޮޅަށް
ފީފާ ވޯލްޑް ކަޕުގެ ގަދަ 32ގެ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާ އަދި ކެނަޑާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ކެނަޑާއިން ގަދަ 16އަށް ދަތުރުކޮށްފިއެވެ.
0-1އިން ކާމިޔާބުކުރި މި މެޗުގައި ކެނަޑާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ސްޓެފެން އެސްޓާކިއޯއެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. ދެކުނު އެފްރިކާއިން ވެސް ދިޔައީ ކެނަޑާ ގޯލަށް ނުރައްކާތެރި ޙަމަލާތަކެއް އުފައްދަމުންނެވެ. ނަމަވެސް ނަޞީބު ކަން ދިމާކުރި ގޮތުން ދެކުނު އެފްރިކާއަށް މިވަނީ މި ހިސާބުން މުބާރާތް ނިންމާލަންޖެހިފައެވެ.
މިއީ ދެކުނު އެފްރިކާއިން ވޯލްޑް ކަޕެއްގައި ކުޅޭ 4ވަނަ ފަހަރެވެ. މީގެ ކުރިން މި ޓީމު ވަނީ 1998ގެ މުބާރާތާއި 2002ގެ މުބާރާތުގެ އިތުރުން 2010ގެ މުބާރާތުގައި ވެސް ކުޅެފައެވެ. ނަމަވެސް އެ 3 މުބާރާތުގައި ވެސް ދެކުނު އެފްރިކާ ވަނީ ގްރޫޕް ސްޓޭޖުން މުބާރާތް ނިންމާލަންޖެހިފައެވެ. އެހެންކަމުން މިއީ ދެކުނު އެފްރިކާއިން ވޯލްޑް ކަޕުގެ ޙަޔާތުގައި ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މިއަހަރުގެ މުބާރާތް ކޯ-ހޯސްޓް ކުރާ ޤައުމެއް ކަމަށްވާ ކެނަޑާއިން މުބާރާތުގެ ގަދަ 16ގެ ޖާގަ ކަށަވަރުކުރިއިރު އެ ކެނަޑާއިން ގަދަ 16ގައި ކުރިމަތިލާންޖެހޭނީ ނެދަލޭންޑްސް ނުވަތަ މޮރޮކޯއާ ދެކޮޅަށެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން