Loading…
ކުޅިވަރު

އަނެއްކާ އަނެއް ރެކޯޑު! މެސީ އަދިވެސް ހަމަ އުދުހެނީ

އަނެއްކާ އަނެއް ރެކޯޑު! މެސީ އަދިވެސް ހަމަ އުދުހެނީ

ލިއޯނަލް މެސީ، އާޖެންޓީނާ

ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އުރުދުންއާ އާޖެންޓީނާ ބައްދަލުކުރި މެޗުގައި މެސީ ކާމިޔާބުކުރި ލަނޑާއެކު އަނެއްކާވެސް އައު ރެކޯޑެއް އޭނާ ޤާއިމުކޮށްފިއެވެ. މިހާރު އޭނާ ވެފައިވަނީ 6 ވޯލްޑް ކަޕެއްގައި ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މިއާއެކު އޭނާ ވަނީ ވޯލްޑް ކަޕުގެ ތާރީޚުގައި ޕެނަލްޓީ އޭރިއާ ބޭރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދައިފައެވެ. މިވަޤުތު ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުގައި މެސީ އޮތްއިރު އޭނާއާ އެންމެ ކައިރީގައި އޮތީ ފްރާންސުގެ ޒުވާން ފޯވާޑް އެމްބާޕޭއެވެ.
  • ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އުރުދުންއާ އާޖެންޓީނާ ބައްދަލުކުރި މެޗުގައި މެސީ ކާމިޔާބުކުރި ލަނޑާއެކު އަނެއްކާވެސް އައު ރެކޯޑެއް އޭނާ ޤާއިމުކޮށްފި
  • މިހާރު އޭނާ ވެފައިވަނީ 6 ވޯލްޑް ކަޕެއްގައި ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރި ހަމައެކަނި ކުޅުންތެރިޔާއަށް
  • މިއާއެކު އޭނާ ވަނީ ވޯލްޑް ކަޕުގެ ތާރީޚުގައި ޕެނަލްޓީ އޭރިއާ ބޭރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދައިފައި
  • މިވަޤުތު ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުގައި މެސީ އޮތްއިރު އޭނާއާ އެންމެ ކައިރީގައި އޮތީ ފްރާންސުގެ ޒުވާން ފޯވާޑް އެމްބާޕޭ

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އުރުދުންއާ އާޖެންޓީނާ ބައްދަލުކުރި މެޗުގައި މެސީ ކާމިޔާބުކުރި ލަނޑާއެކު އަނެއްކާވެސް އައު ރެކޯޑެއް އޭނާ ޤާއިމުކޮށްފިއެވެ.

އޭނާ މި މެޗުގައި ކާމިޔާބުކުރި ލަނޑާއެކު މިވަނީ ޖެހިޖެހިގެން އެންމެ ގިނަ ވޯލްޑް ކަޕު މެޗުތަކުގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑު ހަދައިފައެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް ޖެހިޖެހިގެން ޖުމްލަ 7 ވޯލްޑް ކަޕު މެޗުގައި ލަނޑު ޖަހައިފައެވެ.

އުރުދުންއާ ދެކޮޅަށް މިއަދު (ރާއްޖެ ގަޑިން) ހެނދުނު ކުޅެވިގެންދިޔަ މެޗުގެ ފުރަތަމަ 11ގައި މެސީއެއް ނުހިމަނައެވެ. އޭނާ ނުހިމަނައި ފެށި މި މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައި ލީޑު ނަގައިފައެވެ. އަދި ހަމައެހެންމެ ލިބުނު ޕެނަލްޓީއަކުން ލައުޓާރޯ މާޓިނޭޒް ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0އިންނެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އުރުދުން ވަނީ އާޖެންޓީނާ ކޮޅަށް ރީތި ލަނޑެއް ޖަހައިފައެވެ. ޖުމްލަ 3 މެޗު ކުޅެވުނުއިރު މި މުބާރާތުގައި އާޖެންޓީނާ ކޮޅަށް ޖެހި ފުރަތަމަ ލަނޑު އުރުދުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 55ވަނަ މިނެޓުގެ ތެރޭގައެވެ.

ލިއޯނަލް މެސީ، އާޖެންޓީނާ
ލިއޯނަލް މެސީ، އާޖެންޓީނާ

އާޖެންޓީނާގެ ތަރި، ކެޕްޓަން ލިއޯނަލް މެސީ ކުޅުމުގެ ތެރެއަށް ނުކުތީ މެޗުގެ ދެވަނަ ހާފުގައި ލައުޓާރޯ މާޓިނޭޒްގެ ބަދަލުގައެވެ. އެއާއެކު 80ވަނަ މިނެޓުގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފަސޭހަކަމާއެކު ފޮނުވާލައި އޭނާ ވަނީ ރެކޯޑުތައް މުގުރައި، އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ.

1-3ގެ ނަތީޖާއަކުން އުރުދުން ބަލިކޮށް ގްރޫޕުގެ 1ވަނަ ޓީމުގެ ގޮތުގައި 9 ޕޮއިންޓާއެކު އާޖެންޓީނާއިން މިވަނީ މުބާރާތުގެ ގަދަ 32އަށް ދަތުރުކޮށްފައެވެ.

މެސީގެ ރެކޯޑުތަކުގެ ވާހަކަ ފުލުފުލުގައި ދެކެވެމުންދާއިރު އޭނާ ނުކުންނަ ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަަށް އޭނާ ދަނީ އައު ރެކޯޑުތަކެއް ހަދަމުންނެވެ.

އެގޮތުން މި މުބާރާތުގެ ނޮކްއައުޓް ސްޓޭޖަށް ނުވަތަ ދެވަނަ ބުރަށް އާޖެންޓީނާ ދަތުރުކުރުމާއެކު މިހާރު އޭނާ ވެފައިވަނީ 6 ވޯލްޑް ކަޕެއްގައި ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

މިއާއެކު އޭނާ ވަނީ ވޯލްޑް ކަޕުގެ ތާރީޚުގައި ޕެނަލްޓީ އޭރިއާ ބޭރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދައިފައެވެ. މިހާތަނަށް ބްރެޒިލްގެ ކުރީގެ ތަރި ރިވެލީނޯ 5 ލަނޑާއެކު ކުރީގައި އޮތް ނަމަވެސް މިހާރު މިވަނީ މެސީ 6ވަނަ ލަނޑާއެކު ރިވެލީނޯގެ މައްޗަށް ޖެހިލައިފައެވެ.

ލިއޯނަލް މެސީ، އާޖެންޓީނާ
ލިއޯނަލް މެސީ، އާޖެންޓީނާ

ހަމައެހެންމެ މިވަޤުތު ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުގައި މެސީ އޮތްއިރު އޭނާއާ އެންމެ ކައިރީގައި އޮތީ ފްރާންސުގެ ޒުވާން ފޯވާޑް އެމްބާޕޭއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ މެސީގެ އާޖެންޓީނާއަކީ މިފަހަރު ވެސް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެއް ކޮޅުން ފައިނަލުގައި ކުޅޭނެ ބައެކެވެ. ނަމަވެސް މިފަހަރުގެ ގަދަ 16އިން ފެށިގެން އެއްވެސް ކޮޅެއްގައި އެއްވެސް ޓީމަކަށް ފަސޭހަ އެއްވެސް މެޗެއް ނޯންނާނެއެވެ.

ގަދަ 32ގައި ކަބޯ ވާޑޭއާ ދެކޮޅަށް ނުކުންނަ އާޖެންޓީނާއަށް ގަދަ 16އަށް ދަތުރުކުރެވިއްޖެނަމަ ބައްދަލުކުރަން ޖެހޭނީ އޮސްޓްރޭލިއާ ނުވަތަ މިޞްރާއެވެ.

މީގެއިތުރުން ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ޓީމު ކަމަށްވާ ބްރެޒިލް ވެސް އޮތީ އާޖެންޓީނާއާ އެއް ފަޅީގައެވެ. އެހެނީ މުބާރާތުގައި ބްރެޒިލްއަށް ވެސް އަދި އާޖެންޓީނާއަށް ވެސް ސެމީ ފައިނަލާ ހަމައަށް ދެވިއްޖެނަމަ މި ދެ ޓީމު ސެމީ ފައިނަލުގައި ބައްދަލުކުރަންޖެހޭނެއެވެ.

ވާދަވެރި ބޮޑު މުބާރާތެއްގެ އެންމެ ފޯރިގަދަ ހިސާބަށް ދިޔައިރު ގިނަ ބަޔަކު ދަނީ މެސީއާއި ރޮނާލްޑޯގެ ބަހުސް ވެސް ހުއްޓާނުލާ ކުރިއަށް ގެންދަމުންނެވެ.

މުބާރާތުގެ ގަދަ 32ގެ މެޗުތައް ފެށޭނީ މިރޭ (ރާއްޖެ ގަޑިން) 00:00ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ދެކުނު އެފްރިކާއާއި ކެނަޑާއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.