Loading…
ކުޅިވަރު

ޕޯޗުގަލްގެ ފުރަތަމަ މޮޅު، އުޒްބަކިސްތާނު ކައިރިން ހޯދައިފި

ޕޯޗުގަލްގެ ފުރަތަމަ މޮޅު، އުޒްބަކިސްތާނު ކައިރިން ހޯދައިފި
ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއާއި އުޒްބަކިސްތާނު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ޕޯޗުގަލްއިން ކާމިޔާބުކޮށްފިއެވެ. އުޒްބަކިސްތާނު ޕޯޗުގަލްއިން ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ. ޕޯޗުގަލްގެ ފަރާތުން ފެނިގެންދިޔަ ކުޅުމަކީ ތަފާތު މޮޅު ކުޅުމެކެވެ. މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހެޓް-ޓްރިކެއް ހަދާނެ ރަނގަޅު އެތައް ފުރުޞަތެއް ލިބިގެންދިޔައެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.
  • ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއާއި އުޒްބަކިސްތާނު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ޕޯޗުގަލްއިން ކާމިޔާބުކޮށްފި
  • އުޒްބަކިސްތާނު ޕޯޗުގަލްއިން ބަލިކުރީ 5-0ގެ ނަތީޖާއަކުން
  • ޕޯޗުގަލްގެ ފަރާތުން ފެނިގެންދިޔަ ކުޅުމަކީ ތަފާތު މޮޅު ކުޅުމެއް
  • މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހެޓް-ޓްރިކެއް ހަދާނެ ރަނގަޅު އެތައް ފުރުޞަތެއް ލިބިގެންދިޔަ
  • ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށް

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއާއި އުޒްބަކިސްތާނު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ޕޯޗުގަލްއިން ކާމިޔާބުކޮށްފިއެވެ.

މުޅިން އަލަށް ވޯލްޑް ކަޕުގައި ކުޅޭ އުޒްބަކިސްތާނު ޕޯޗުގަލްއިން ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޕޯޗުގަލްގެ ތަރި، އަދި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ފަވާލެވޭ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. ޕޯޗުގަލްއަށް ޕެނަލްޓީ އޭރިއާއާ ވަރަށް ކައިރިން ލިބުނު ހިލޭ ޖެހުމަކުން ދެވަނަ ލަނޑު ނުނޯ މެންޑޭސް، 17ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވާއިރު، މެޗުގެ ފުރަތަނަ ހާފު ނިމިގެންދިޔައީ 39ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން އޭނާގެ ދެވަނަ ލަނޑާއެކު 3-0ގެ ނަތީޖާއަކުންނެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

މެޗުގެ ދެވަނަ ހާފުގައި އުޒްބަކިސްތާނުން ވެސް ރަނގަޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް ޕޯޗުގަލް ކޮޅަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. ދެވަނަ ހާފުގައި ޕޯޗުގަލްގެ ލީޑު ފުޅާވެގެންދިޔައީ އެ ޓީމުން ނެގި ކޯނަރަކުން އުޒްބަކިސްތާނު ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑަކުންނެވެ.

އެއަށްފަހު 5ވަނަ ލަނޑު ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރަފާއެލް ލިއާއޯ، 87ވަނަ މިނެޓުގައެވެ.

ރަފާއެލް ލިއާއޯ
ރަފާއެލް ލިއާއޯ

މުޅި މެޗުގައި ޕޯޗުގަލްގެ ފަރާތުން ފެނިގެންދިޔަ ކުޅުމަކީ ތަފާތު މޮޅު ކުޅުމެކެވެ. މުބާރާތުގައި ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗާ އަޅާބަލާއިރު މި މެޗަކީ ހާސްބައި ފުރިހަމަ މެޗެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މި މެޗުގައި ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު އޭނާ މިވަނީ ޖެހިޖެހިގެން 6 ވޯލްޑް ކަޕުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑު ޤާއިމުކޮށްފައެވެ.

މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހެޓް-ޓްރިކެއް ހަދާނެ ރަނގަޅު އެތައް ފުރުޞަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެ ނަޞީބެއް މި މެޗަކު އޭނާއަކަށް ނުލިބުނެވެ.

މި ނަތީޖާގައި އޮވެ މެޗު ނިންމާލިއިރު ޕޯޗުގަލް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުޞަޠު މިވަނީ ބޮޑުވެފައެވެ.

ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.