Loading…
ކުޅިވަރު

މެސީގެ ދެ ލަނޑާއެކު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ދެވަނަ ބުރަށް

މެސީގެ ދެ ލަނޑާއެކު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ދެވަނަ ބުރަށް
ވޯލްޑް ކަޕުގެ ގްރޫޕު ސްޓޭޖުގެ ދެވަނަ މެޗުން އޮސްޓްރިއާ ބަލިކޮށް އާޖެންޓީނާ، މުބާރާތުގެ ގަދަ 32އަށް ދަތުރުކޮށްފިއެވެ. 2-0އިން އޮސްޓްރިއާ ބަލިކޮށް އާޖެންޓީނާ ކާމިޔާބުކުރި މި މެޗު ވެގެންދިޔައީ ދެ ޓީމަށް ވެސް އުނދަގޫ މެޗަކަށެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އާޖެންޓީނާއިން ނުކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ. އަދި އޮސްޓްރިއާ ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ.
  • ވޯލްޑް ކަޕުގެ ގްރޫޕު ސްޓޭޖުގެ ދެވަނަ މެޗުން އޮސްޓްރިއާ ބަލިކޮށް އާޖެންޓީނާ، މުބާރާތުގެ ގަދަ 32އަށް ދަތުރުކޮށްފި
  • އިން އޮސްޓްރިއާ ބަލިކޮށް އާޖެންޓީނާ ކާމިޔާބުކުރި މި މެޗު ވެގެންދިޔައީ ދެ ޓީމަށް ވެސް އުނދަގޫ މެޗަކަށް
  • މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އާޖެންޓީނާއިން ނުކުންނާނީ ޖޯޑަންއާ ދެކޮޅަށް

ފީފާ ވޯލްޑް ކަޕުގެ ގްރޫޕު ސްޓޭޖުގެ ދެވަނަ މެޗުން އޮސްޓްރިއާ ބަލިކޮށް އާޖެންޓީނާ، މުބާރާތުގެ ގަދަ 32އަށް ދަތުރުކޮށްފިއެވެ.

2-0އިން އޮސްޓްރިއާ ބަލިކޮށް އާޖެންޓީނާ ކާމިޔާބުކުރި މި މެޗު ވެގެންދިޔައީ ދެ ޓީމަށް ވެސް އުނދަގޫ މެޗަކަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ވަނީ އޮސްޓްރިއާ ކުޅުންތެރިން ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީ ފޮނުވާލީ ކެޕްޓަން ލިއޮނަލް މެސީއެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ނަމަވެސް މެސީ ވަނީ އެ ޕެނަލްޓީ ނުވެއްދުނު ނަމަވެސް އެތަން ފޫބައްދައިފައެވެ. އެގޮތުން 38ވަނަ މިނެޓުގައި އޭނާ ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. 1-0ގެ ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ނިމިގެންދިޔައީއެވެ.

އާޖެންޓީނާގެ ދެވަނަ ލަނޑު ކާމިިޔާބުކުރުމަށްފަހު --ފޮޓޯ: ފީފާ
އާޖެންޓީނާގެ ދެވަނަ ލަނޑު ކާމިިޔާބުކުރުމަށްފަހު --ފޮޓޯ: ފީފާ

މެޗުގެ ދެވަނަ ހާފުގައި އޮސްޓްރިއާއިން އެ ޓީމުގެ ކުޅުން އިތުރަށް ހަރުދަނާކުރިއެވެ. ނަމަވެސް ލަނޑެއް ނުޖެހި ގިނަ ވަޤުތުތަކެއް ވުމަށްފަހު މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި އާޖެންޓީނާއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެސީގެ މި ލަނޑާއެކު މިވަނީ ވޯލްޑް ކަޕުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައި އެންމެ އުހަށް ޖެހިލައިފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އާޖެންޓީނާއިން ނުކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ. އަދި އޮސްޓްރިއާ ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.