ސްޕެއިނުގެ ފެންވަރު ދަށެއް ނޫންކަން ދައްކާލައިފި
ލަމީން ޔަމާލް
- ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިންއާއި ސަޢޫދީ ޢަރަބިއާ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ސްޕެއިން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރާ ގާތަށް ޖެހިލައިފި
- އިން ސްޕެއިން ކާމިޔާބުކުރި މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑުތަކެއް ޖަހައިފައި
- މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިން ދެން ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށް
ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިންއާއި ސަޢޫދީ ޢަރަބިއާ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ސްޕެއިން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ.
4-0އިން ސްޕެއިން ކާމިޔާބުކުރި މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑުތަކެއް ޖަހައިފައެވެ. އެގޮތުން މެޗުގެ 10ވަނަ މިނެޓުގައި ސްޕެއިނުގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ވަނީ އޭނާގެ ވޯލްޑް ކަޕުގެ ފުރަތަމަ ލަނޑު ސަޢޫދީ ކޮޅަށް ޖަހައި ލީޑު ނަގައިފައެވެ.
އެއަށްފަހުލަސްތަކެއްނުވެ މައިކަލް އޮޔަރްޒަބާލް ވަނީ 21ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭގެ 3 މިނެޓު ފަހުން އޭނާ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް 3-0އަށް ފަރަޤު ބޮޑުކޮށް ހާސް ކަނޑާލައިފައެވެ.
3-0އިން މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައިރު، ސަޢޫދީއަށް އެންމެ އެދެވޭ ކުޅުމެއް މެޗުގެ ފުރަތަމަ ހާފުގައި ދެއްކިފައެއްނުވެއެވެ.
މެޗުގެ ދެވަނަ ހާފު ސްޕެއިނުން ފެށީ އެ ޓީމަށް ލަނޑުތައް ޖަހައިދިން ޔަމާލްއާއި އޮޔަރްޒަބާލްގެ ބޭލުމަށްފަހު ޔެރެމީ ޕިނޯއާއި ފެރާން ޓޮރެސް އަރުވައިގެންނެވެ.
މެޗުގެ 49ވަނަ މިނެޓުގައި ސްޕެއިނުގެ މާކް ކުކުރެޔާގެ ޙަމަލާއެއް ސަޢޫދީގެ ގޯލްކީޕަރު ދިފާޢުކޮށް ކުޅުމުގެ ތެރެއަށް ނުކުތް ބޯޅަ ސަޢޫދީގެ އަލްތަމްބަކްތީ ގައިގައި ޖެހިފައި ބައިކޮޅަށް ވަދެ ވަނީ، 4-0އަށް ނަތީޖާ ބަދަލުވެގެންގޮސްފައެވެ.
މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައިި ވެސް ސްޕެއިނުން ފެރާން ޓޮރެސް ވަނީ ރަނގަޅު ޙަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. ނަމަވެސް އޮފްސައިޑް ޕޮޒިޝަނެއްގައި އޭނާ ހުރުމުން އެއީ ގޯލެއް ކަމަކަށް ރެފްރީ ނުނިންމިއެވެ.
ގްރޫޕުގެ ފުރަތަމަ މެޗުގައި ސްޕެއިން ބައްދަލުކުރީ ކަބޯ ވާޑޭއާއެވެ. އެ މެޗު ވެގެންދިޔައީ ސްޕެއިނަށް އުނދަގޫ މެޗަކަށެވެ. ކަބޯ ވާޑޭ ގޯލްކީޕަރުގެ ހުޝިޔާރުކަމާއި ޑިފެންޑަރުންގެ މޮޅުކަމުގެ ސަބަބުން ސްޕެއިނަށް އެ މެޗުން 3 ޕޮއިންޓު ހޯދޭ ގޮތެއް ނުވިއެވެ. 1-1އިން އެ މެޗު ނިންމާލުމަށްފަހު ދެވަނަ މެޗު ސްޕެއިނުން ފަސޭހަކަމާއެކު ސަޢުދީ ޢަރަބިއާ ބަލިކޮށް މިވަނީ ސްޕެއިނުގެ ސަޕޯޓަރުންގެ ހިތަށް ހަމަޖެހުން ގެނެސްދީފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިން ދެން ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން