Loading…
ކުޅިވަރު

އައިވަރީ ކޯސްޓަށް "ފެންދީފައި ކަތިލައި"؛ ޖަރުމަނު ނޮކްއައުޓް ސްޓޭޖަށް

އައިވަރީ ކޯސްޓަށް "ފެންދީފައި ކަތިލައި"؛ ޖަރުމަނު ނޮކްއައުޓް ސްޓޭޖަށް
ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗު ޖަރުމަނުން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 32އަށް ދަތުރުކޮށްފިއެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކުރާސާއޯ ކޮޅަށް 7 ލަަނޑު ޖަހައި ޖަރުމަނުން ހޯދި މޮޅާއެކު ދެވަނަ މެޗާ ކުރިމަތިލީއިރު، މެޗު ވެގެންދިޔައީ ޖަރުމަނަށް އުނދަގޫ މެޗަކަށެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ޖަރުމަނުން ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. އަދި އައިވަރީ ކޯސްޓު ނުކުންނާނީ ކުރާސާއޯއާ ދެކޮޅަށެވެ.
  • ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗު ޖަރުމަނުން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 32އަށް ދަތުރުކޮށްފި
  • މެޗު ވެގެންދިޔައީ ޖަރުމަނަށް އުނދަގޫ މެޗަކަށް
  • ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ޖަރުމަނުން ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށް

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗު ޖަރުމަނުން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 32އަށް ދަތުރުކޮށްފިއެވެ.

ޖަރުމަނުން މެޗު ކާމިޔާބުކުރީ 2-1އިންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރީތި އަދި މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލީޑު ނެގީ އައިވަރީ ކޯސްޓުންނެވެ. 30ވަނަ މިނެޓުގައި ކެސީ ކާމިޔާބުކޮށްދިން މި ލަނޑާއެކު ގިނަ ވަޤުތު ބައިކޮޅަށް ލަނޑެއް ވަނަ ނުދީ އައިވަރީ ކޯސްޓުން ދިޔައީ މެޗު އެއްކޮށް ކަހަލަ ގޮތަކަށް ޑިފެންސްކުރަމުންނެވެ.

ފްރޭންކް ކެސީ، އައިވަރީ ކޯސްޓް --ފޮޓޯ: ފީފާ
ފްރޭންކް ކެސީ، އައިވަރީ ކޯސްޓް --ފޮޓޯ: ފީފާ

މެޗުގެ އޮއިވަރު ބަދަލުވީ ދެވަނަ ހާފުގައެވެ. ޖަރުމަނުން ނަތީޖާ ހަމަހަމަކުރި ހިސާބުންނެވެ. މެޗުގެ 68ވަނަ މިނެޓުގައި ޖަރުމަނުން މެޗުގެ ފުރަތަމަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑެނިޒް އުންދަވްއެވެ. އަދި އެއަށްފަހު މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި އޭނާ ވަނީ ޖަރުމަނަށް ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުން ކުރި ހޯދައިފައެވެ.

ޑެނިޒް އުންދަވް، ލަނޑު ޖެހުމަށްފަހު --ފޮޓޯ: ފީފާ
ޑެނިޒް އުންދަވް، ލަނޑު ޖެހުމަށްފަހު --ފޮޓޯ: ފީފާ

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކުރާސާއޯ ކޮޅަށް 7 ލަަނޑު ޖަހައި ޖަރުމަނުން ހޯދި މޮޅާއެކު ދެވަނަ މެޗާ ކުރިމަތިލީއިރު، މެޗު ވެގެންދިޔައީ ޖަރުމަނަށް އުނދަގޫ މެޗަކަށެވެ.

6 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައި މިވަޤުތު ޖަރުމަނު އޮތްއިރު ދެވަނައިގައި އޮތީ 3 ޕޮއިންޓާއެކު އައިވަރީ ކޯސްޓެވެ.

ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ޖަރުމަނުން ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. އަދި އައިވަރީ ކޯސްޓު ނުކުންނާނީ ކުރާސާއޯއާ ދެކޮޅަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.