Loading…
ކުޅިވަރު

ވާދަވެރި މެޗަކަށްފަހު އިންގްލެންޑުން 3 ޕޮއިންޓް ކަށަވަރުކޮށްފި

ވާދަވެރި މެޗަކަށްފަހު އިންގްލެންޑުން 3 ޕޮއިންޓް ކަށަވަރުކޮށްފި

ހެރީ ކޭންއާއި ޖޫޑް ބެލިންގހަމް

ވޯލްޑް ކަޕުގެ "ގްރޫޕް އެލް"ގެ ފުރަތަމަ މެޗުގައި އިންގްލެންޑުން 4-2ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް 3 ޕޮއިންޓް ކަށަވަރުކޮށްފިއެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް މި މެޗުގައި ވަނީ ފެނިގެންގޮސްފައެވެ. "ގްރޫޕް އެލް"ގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ޕެނަމާއާއި ގާނާއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑް ދެން ބައްދަލުކުރާނީ ގާނާއާއެވެ. އަދި ކްރޮއޭޝިއާ ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ.
  • ވޯލްޑް ކަޕުގެ "ގްރޫޕް އެލް"ގެ ފުރަތަމަ މެޗުގައި އިންގްލެންޑުން 4-2ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް 3 ޕޮއިންޓް ކަށަވަރުކޮށްފި
  • ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް މި މެޗުގައި ވަނީ ފެނިގެންގޮސްފައި
  • "ގްރޫޕް އެލް"ގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ޕެނަމާއާއި ގާނާ
  • މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑް ދެން ބައްދަލުކުރާނީ ގާނާއާ، އަދި ކްރޮއޭޝިއާ ނުކުންނާނީ ޕެނަމާއާ ދެކޮޅަށް

ވޯލްޑް ކަޕުގެ "ގްރޫޕް އެލް"ގެ ފުރަތަމަ މެޗުގައި އިންގްލެންޑުން 4-2ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް 3 ޕޮއިންޓް ކަށަވަރުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް މި މެޗުގައި ވަނީ ފެނިގެންގޮސްފައެވެ.

މެޗުގައި އިންގްލެންޑުން ފުރަތަމަ ލީޑު ނެގީ މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ.

އެއަށްފަހު މެޗުގެ 36ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. 1-1އަށް ނަތީޖާ ބަދަލުކޮށްލީ މާޓިން ބަޓުރީނާއެވެ.

މާޓިން ބަޓުރީނާ ކްރޮއޭޝިއާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު --ފޮޓޯ: ފީފާ
މާޓިން ބަޓުރީނާ ކްރޮއޭޝިއާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު --ފޮޓޯ: ފީފާ

މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ އަނެއްކާވެސް ޓީމަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 45 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ކްރޮއޭޝިއާއިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި 2-2އަށް ނަތީޖާ ބަދަލުކޮށްލުމަށްފަހުއެވެ.

ފޯރިގަދަ، އަދި ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފު ފަށައި މާގިނައިރުތަކެއްނުވެ އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންގހަމް ވަނީ އެ ޓީމަށް 3ވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. އަދި އިންގްލެންޑުގެ 4ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް، ބާސެލޯނާގެ ފޯވާޑް މާކަސް ރަޝްފޯޑެވެ.

މާކަސް ރަޝްފޯޑު ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --ފޮޓޯ: ފީފާ
މާކަސް ރަޝްފޯޑު ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --ފޮޓޯ: ފީފާ

މެޗުގެ 85ވަނަ މިނެޓުގައި ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑާއެކު 4-2ގެ ނަތީޖާއަކުން މެޗު ނިމިގެންދިޔައިރު މެޗުގައި ކްރޮއޭޝިއާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަޠުތަކެއް ލިބިފައެވެ.

"ގްރޫޕް އެލް"ގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ޕެނަމާއާއި ގާނާއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑް ދެން ބައްދަލުކުރާނީ ގާނާއާއެވެ. އަދި ކްރޮއޭޝިއާ ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.