Loading…
ކުޅިވަރު

ޕޯޗުގަލްއަށް ފެށުން ގޯސް، ކޮންގޯ ބަލިނުކުރެވުނު

ޕޯޗުގަލްއަށް ފެށުން ގޯސް، ކޮންގޯ ބަލިނުކުރެވުނު

ޔޯން ވީސާ

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއާއި ކޮންގޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މުޅި މެޗުގައި ޕޯޗުގަލްއަށް އެ ޓީމުން އެންމެ ބޭނުންވާ ފަދަ ނަތީޖާއެއް ނެރެވޭ ފެންވަރަށް ނުކުޅެވުނުކަން ފާހަގަކުރެވެއެވެ. ނަމަވެސް ކޮންގޯއަށް މިއީ ރަނގަޅު ނަތީޖާއެކެވެ. ގިނަ ފައުލްތަކެއް ދެ ޓީމުގެ ފަރާތުން ވެސް މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ކޮލަމްބިއާއާއި އުޒްބަކިސްތާނެވެ.
  • ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއާއި ކޮންގޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ
  • މުޅި މެޗުގައި ޕޯޗުގަލްއަށް އެ ޓީމުން އެންމެ ބޭނުންވާ ފަދަ ނަތީޖާއެއް ނެރެވޭ ފެންވަރަށް ނުކުޅެވުނުކަން ފާހަގަކުރެވެއެވެ. ނަމަވެސް ކޮންގޯއަށް މިއީ ރަނގަޅު ނަތީޖާއެއް
  • ގިނަ ފައުލްތަކެއް ދެ ޓީމުގެ ފަރާތުން ވެސް މެޗުގައި ވަނީ ފެނިގެން ގޮސްފައި
  • މި ގްރޫޕުގައި ދެން ހިމެނެނީ ކޮލަމްބިއާއާއި އުޒްބަކިސްތާން

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއާއި ކޮންގޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

1-1އިން އެއްވަރުވެ ނިންމާލަންޖެހުނު މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޕޯޗުގަލްއިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު، ޖޮއާއޯ ނެވެސް ކާމިޔާބުކޮށްދިން މި ލަނޑާއެކު ޕޯޗުގަލްއިން މެޗު ޑޮމިނޭޓުކުރަމުން ދިޔަ ނަމަވެސް ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ކޯނަރަކުން ވަނީ ކޮންގޯއިން ނަތީޖާ ހަމަހަމަކޮށްފައެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ --ފޮޓޯ: ފީފާ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ --ފޮޓޯ: ފީފާ

މެޗުގެ ދެވަނަ ހާފުގައި ގިނަ ވަޤުތު ޕޯޗުގަލްއިން ގިނަ ވަޤުތު ބޯޅަ ހިފަހަައްޓައިގެން ކުޅުނު ނަމަވެސް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އެގޮތުން މި ނަތީޖާގައި މެޗު ނިންމާލަންޖެހުނީ ދެ ޓީމަށް ވެސް އެއް ޕޮއިންޓާއެކުގައެވެ.

ޖުމްލަކޮށް މުޅި މެޗުގައި ޕޯޗުގަލްއަށް އެ ޓީމުން އެންމެ ބޭނުންވާ ފަދަ ނަތީޖާއެއް ނެރެވޭ ފެންވަރަށް ނުކުޅެވުނުކަން ފާހަގަކުރެވެއެވެ. ނަމަވެސް ކޮންގޯއަށް މިއީ ރަނގަޅު ނަތީޖާއެކެވެ. ޕޯޗުގަލްއަށް 3 ޕޮއިންޓު ނުދީ ހިފަހައްޓާލެވުނު ހިފަހައްޓާލެވުމަކީ ކޮންގޯއަށް ރަނގަޅު ފެށުމަކަށް ވެގެންދާނެކަން ޔަޤީނެވެ.

ކޮންގޯގެ ލަނޑު ކާމިޔާބުކުރުމަށްފަހު --ފޮޓޯ: ފީފާ
ކޮންގޯގެ ލަނޑު ކާމިޔާބުކުރުމަށްފަހު --ފޮޓޯ: ފީފާ

ގިނަ ފައުލްތަކެއް ދެ ޓީމުގެ ފަރާތުން ވެސް މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ކޮލަމްބިއާއާއި އުޒްބަކިސްތާނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.