މެސީގެ ހެޓް-ޓްރިކާއެކު އާޖެންޓީނާ ފެށީ ގަދަކޮށް
ލިއޮނަލް މެސީ
- މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު އާޖެންޓީނާއިން ކާމިޔާބުކޮށްފި
- އިން އަލްޖީރިއާ ބަލިކޮށް 3 ޕޮއިންޓާއެކު އާޖެންޓީނާއިން މުބާރާތް ފަށާފައިވާއިރު މި ގްރޫޕުގައި ދެން ހިމެނެނީ އޮސްޓްރިއާއާއި ޖޯޑަން
- މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ދެން ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. އަދި އަލްޖީރިއާ ނުކުންނާނީ ޖޯޑަންއާ ދެކޮޅަށް
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު އާޖެންޓީނާއިން ކާމިޔާބުކޮށްފިއެވެ.
އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 17ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. ރޮޑްރިގޯ ޑި ޕޯލްގެ ރީތި އެސިސްޓަކުން މެސީ ޖަހައިދިން މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0އިން އާޖެންޓީނާ ކުރީގައި އޮވެއެވެ.
މެޗުގެ ދެވަނަ ހާފުގައި އަލްޖީރިއާއިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުގައި އާޖެންޓީނާގެ ދެވަނަ ލަނޑު ވަނީ 60ވަނަ މިނެޓުގައި މެސީ ކާމިޔާބުކޮށްދީފައެވެ. އަދި 3ވަނަ ލަނޑު ވެސް މެސީ ކާމިޔާބުކޮށް ވަނީ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ހެޓް-ޓްރިކް ހަދައިފައެވެ.
3-0އިން އަލްޖީރިއާ ބަލިކޮށް 3 ޕޮއިންޓާއެކު އާޖެންޓީނާއިން މުބާރާތް ފަށާފައިވާއިރު މި ގްރޫޕުގައި ދެން ހިމެނެނީ އޮސްޓްރިއާއާއި ޖޯޑަންއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ދެން ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. އަދި އަލްޖީރިއާ ނުކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން