Loading…
ކުޅިވަރު

ސެނެގާލް ބަލިކޮށް ފްރާންސުން ފެންވަރު ދައްކާލައިފި

ސެނެގާލް ބަލިކޮށް ފްރާންސުން ފެންވަރު ދައްކާލައިފި

ބްރެޑްލީ ބާކޯލާ --ފޮޓޯ: ފީފާ

ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ރަނަރަޕް ކަމަށްވާ ފްރާންސާއި ސެނެގާލް ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބުކޮށްފިއެވެ. 3-1އިން މެޗު ނިންމާލީ ފްރާންސުން 3 ޕޮއިންޓް ކަށަވަރުކޮށްގެންނެވެ. މި ގްރޫޕުގައި ފްރާންސާއި ސެނެގާލުގެ އިތުރުން ދެން ހިމެނެނީ ނޯވޭއާއި ޢިރާޤެވެ.
  • ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ރަނަރަޕް ކަމަށްވާ ފްރާންސާއި ސެނެގާލް ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބުކޮށްފި
  • އިން މެޗު ނިންމާލީ ފްރާންސުން 3 ޕޮއިންޓް ކަށަވަރުކޮށްގެން
  • މި ގްރޫޕުގައި ފްރާންސާއި ސެނެގާލުގެ އިތުރުން ދެން ހިމެނެނީ ނޯވޭއާއި ޢިރާޤު

ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ރަނަރަޕް ކަމަށްވާ ފްރާންސާއި ސެނެގާލް ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ނަމަވެސް ދެވަނަ ހާފު ވެގެންދިޔައީ ވަރަށް ބަލާ ހިތް ވި ހާފަކަށެވެ. ދެ ޓީމުން ވެސް ނުކުތީ ފުރަތަމަ ހާފަށްވުރެ ކުޅުން ރަނގަޅުކޮށްގެންނެވެ. މެޗުގެ 66ވަނަ މިނެޓުގައި ފްރާންސުން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ ޖެހި މި ލަނޑާއެކު ފްރާންސުން ވަނީ ހަމަޖެހިލައިފައެވެ، އެހެންނަމަވެސް އިދިކޮޅުގައި އޮތް ސެނެގާލުން ދިޔައީ ފްރާންސުގެ ގޯލަށް ނުރައްކާތެރި ޙަމަލާތަކެއް ފޮނުވަމުންނެވެ.

މެޗުގެ ފޯރި ގަދަވެގެންދިޔައީ ފްރާންސުން ދެވަނަ ލަނޑު ކާމިޔާބުކުރި ހިސާބުންނެވެ. މެޗުގެ 82ވަނަ މިނެޓުގައި ފްރާންސަށް ދެވަނަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބާކޯލާއެވެ.

ފްރާންސުގެ ބާކޯލާ އެ ޓީމަށް ލަނޑު ޖަހައިދިނުމަށްފަހު --ފޮޓޯ: ފީފާ
ފްރާންސުގެ ބާކޯލާ އެ ޓީމަށް ލަނޑު ޖަހައިދިނުމަށްފަހު --ފޮޓޯ: ފީފާ

މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ސެނެގާލުން ވަނީ ލަނޑެއް ޖަހައި ސުމެއް ކަނޑުވާލައިފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އިބްރާހީމް އެމްބާޔޭއެވެ. މެޗުގެ ފޯރި ދިޔައީ ގަދަވެގެންނެވެ.

ހަމަ އެ މިނެޓުގެ ތެރޭގައި ފްރާންސުގެ އެމްބާޕޭ ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލީ ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައި އެ ޓީމަށް 3ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ނަތީޖާގައި 3-1އިން މެޗު ނިންމާލީ ފްރާންސުން 3 ޕޮއިންޓް ކަށަވަރުކޮށްގެންނެވެ.

ފްރާންސުގެ ކެޕްޓަން ކީލިއަން އެމްބާޕޭ --ފޮޓޯ: ފީފާ
ފްރާންސުގެ ކެޕްޓަން ކީލިއަން އެމްބާޕޭ --ފޮޓޯ: ފީފާ

މެޗުގެ ދެވަނަ ހާފުގައި ސެނެގާލަށް ވެސް ވަނީ ލަނޑު ޖަހާނެ ފަހި ފުރުޞަޠެއް ލިބި ގޯލަށް ފޮނުވާލައިފައެވެ. އެހެންނަމަވެސް އޮފްސައިޑުވުމުގެ ސަބަބުން އެއީ ލަނޑެއް ކަމަށް ރެފްރީ ނުނިންމިއެވެ. އަދި މީގެއިތުރުން މެޗުގެ 60ވަނަ މިނެޓުގައި ފްރާންސުގެ އެމްްބާޕޭއަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލްކުރި ކަމަށް ފްރާންސުން ރެފްރީއަށް ބުނަމުންދިޔުމުން ވަނީ ވީ.އޭ.އާރު ބެލުމަށްފަހު ފައުލެއް ނޫން ކަމަށް ނިންމައިފައެވެ.

މި ގްރޫޕުގައި ފްރާންސާއި ސެނެގާލުގެ އިތުރުން ދެން ހިމެނެނީ ނޯވޭއާއި ޢިރާޤެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފްރާންސުން ދެން ނުކުންނާނީ ޢިރާޤާ ދެކޮޅަށެވެ. އަދި ސެނެގާލުން ނުކުންނާނީ ނޯވޭއާ ދެކޮޅަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.