Loading…
ކުޅިވަރު

ބެލްޖިއަމްއާއި މިޞްރު ވެސް އެއްވަރު!

ބެލްޖިއަމްއާއި މިޞްރު ވެސް އެއްވަރު!
ފީފާ ވޯލްޑް ކަޕުގެ "ގްރޫޕް ޖީ"ގައި ބެލްޖިއަމްއާއި މިޞްރު ބައްދަލުކުރި މެޗު ވެސް އެއްވަރުވެއްޖެއެވެ. މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް މިޞްރުން ކުޅެމުންދިޔައީ ޑިފެންސިވް ކުޅުމެއްގައެވެ. 1-1އިން މެޗު ނިމިގެންދިޔައިރު މި ގްރޫޕުގައި ދެން އޮތީ އީރާނާއި ނިއުޒިލޭންޑެވެ.
  • ފީފާ ވޯލްޑް ކަޕުގެ "ގްރޫޕް ޖީ"ގައި ބެލްޖިއަމްއާއި މިޞްރު ބައްދަލުކުރި މެޗު ވެސް އެއްވަރުވެއްޖެ
  • މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް މިޞްރުން ކުޅެމުންދިޔައީ ޑިފެންސިވް ކުޅުމެއްގައި
  • އިން މެޗު ނިމިގެންދިޔައިރު މި ގްރޫޕުގައި ދެން އޮތީ އީރާނާއި ނިއުޒިލޭންޑް

ފީފާ ވޯލްޑް ކަޕުގެ "ގްރޫޕް ޖީ"ގައި ބެލްޖިއަމްއާއި މިޞްރު ބައްދަލުކުރި މެޗު ވެސް އެއްވަރުވެއްޖެއެވެ.

ލަނޑު ޖަހާނެ ގިނަ ފުރުޞަޠުތަކެއް ދެ ޓީމަށް ވެސް ލިބިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ 19ވަނަ މިނެޓުގެ ތެރޭގައި މިޞްރުން ވަނީ ލީޑު ނަގައިފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިމާމު އަޝޫރެވެ.

މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް މިޞްރުން ކުޅެމުންދިޔައީ ޑިފެންސިވް ކުޅުމެއްގައެވެ. އެހެންނަމަވެސް ކޮންމެ ކައުންޓަރ އެޓޭކެއްގައި ވެސް ބެލްޖިއަމް ކޮޅަށް ވަނީ ނުރައްކާ ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމްގެ ފަރާތުން ފުރަތަމަ ހާފުގައި ކުޅުނު ކުޅުމަށްވުރެ މޮޅު ކުޅުމެއް ދެއްކިއެވެ. މެޗުގެ ނަތީޖާ ހަމަހަމަވީ 66ވަނަ މިނެޓުގައި މިޞްރު ކުޅުންތެރިއެއް ފައިގައި ޖެހިފައި ބައިކޮަޅަށް ވަތް ލަނޑަކުންނެވެ.

ލުކާކޫ
ލުކާކޫ

1-1އިން މެޗު ނިމިގެންދިޔައިރު މި ގްރޫޕުގައި ދެން އޮތީ އީރާނާއި ނިއުޒިލޭންޑެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިޞްރު ނުކުންނާނީ ނިއުޒިލޭންޑާ ދެކޮޅަށެވެ. އަދި ބެލްޖިއަމް ނުކުންނާނީ އީރާނާ ދެކޮޅަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.