Loading…
ކުޅިވަރު

ތަފާތު ބޮޑުކޮށް ޖަރުމަނުން ކުރާސާއޯ ބަލިކޮށްފި

ތަފާތު ބޮޑުކޮށް ޖަރުމަނުން ކުރާސާއޯ ބަލިކޮށްފި

ކައީ ހަވާޓްޒް

ފީފާ ވޯލްޑް ކަޕުގައި ޖަރުމަނާއި ކުރާސާއޯ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަނު ކާމިޔާބުކޮށްފިއެވެ. މުޅިން އަލަށް ވޯލްޑް ކަޕެއްގައި ކުޅޭ ކުރާސާއޯ ބަލިކޮށް ޖަރުމަނުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފައިވާއިރު ޖަރުމަނު ހިމެނޭ ގްރޫޕުގައި ދެން އޮތީ އެކުއެޑޯއާއި އައިވޮރީ ކޯސްޓެވެ. މިއީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗެވެ.
  • ފީފާ ވޯލްޑް ކަޕުގައި ޖަރުމަނާއި ކުރާސާއޯ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަނު ކާމިޔާބުކޮށްފި
  • މުޅިން އަލަށް ވޯލްޑް ކަޕެއްގައި ކުޅޭ ކުރާސާއޯ ބަލިކޮށް ޖަރުމަނުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފައިވާއިރު ޖަރުމަނު ހިމެނޭ ގްރޫޕުގައި ދެން އޮތީ އެކުއެޑޯއާއި އައިވޮރީ ކޯސްޓް
  • މިއީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗު

ފީފާ ވޯލްޑް ކަޕުގައި ޖަރުމަނާއި ކުރާސާއޯ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަނު ކާމިޔާބުކޮށްފިއެވެ.

ގްރޫޕް ސްޓޭޖުގައި މިރޭ އެމެރިކާގެ ހޮސްޓޮން ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ވަނީ ޖަރުމަނުން ލީޑު ނަގައިފައެވެ.

އެގޮތުން މެޗުގެ 6ވަނަ މިނެޓުގައި އެނމެޗާ ވަނީ ޖަރުމަނަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މުޅި މެޗު ޖަރުމަނުން ކޮންޓްރޯލް ކުރަމުންދަނިކޮށް މެޗުގެ 21ވަނަ މިނެޓުގައި ކުރާސާއޯއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް އޭގެ އަޘަރެއް ޖަރުމަނު ޓީމުގެ ކުޅުމަކަށް ނުކުރިއެވެ.

May be an image of football, soccer, cleats and text that says 'MUSIALA 10'

މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޖަރުމަނުގެ ދެވަނަ ލަނޑު ވަނީ ސްކްލޮޓަބެކް ކާމިޔާބުކޮށްފައެވެ. އަދި ހަމަ މީގެއިތުރުން މެޗުގެ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކައީ ހަވާޓްޒް ވަނީ ޖަރުމަނުގެ 3ވަނަ ލަނޑުގެ ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

މުބާރާތުގެ "ގްރޫޕް އީ"ގައި މިރޭ ޖަރުމަނާއި ކުރާސާއޯ ބައްދަލުކުރި މެޗުގައި ކުރާސާއޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނެއެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގައި ވެސް ޖަރުމަނުން ވަނީ އިތުރު 4 ލަނޑު ޖަހައި ނަތީޖާ 7-1އަށް ނަތީޖާ ބަދަލުކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ޖަރުމަނުން ލަނޑުޖަހާފައިވަނީ މުސިއާލާއާއި ބްރައުންގެ އިތުރުން އުންދަވްއާއި ކައީ ހަވާޓްޒްއެވެ.

މުޅިން އަލަށް ވޯލްޑް ކަޕެއްގައި ކުޅޭ ކުރާސާއޯ ބަލިކޮށް ޖަރުމަނުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފައިވާއިރު ޖަރުމަނު ހިމެނޭ ގްރޫޕުގައި ދެން އޮތީ އެކުއެޑޯއާއި އައިވޮރީ ކޯސްޓެވެ.

މިއީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނުން ދެން ނުކުންނާނީ ޖޫން މަހުގެ 20ވަނަ ދުވަހުގެރޭ މެންދަމު (ރާއްޖެ ގަޑިން) 01:00ގައި އައިވޮރީ ކޯސްޓާ ދެކޮޅަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.