ރ. ވާދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމަށް ބޭނުންވާ ސާމާނު ގެނެސްފި
ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމަށް ބޭނުންވާ ސާމާނު ރަށަށް ބޭލުމުގެ ތެރެއިން --- ފޮޓޯ: ވާދޫ ކައުންސިލް
- ޓީ އޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ ވާދޫ ފުޓްބޯޅަ ދަނޑުގެ ލައިޓް ޖެހުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިއަދު ރަށަށް ގެނެސްފި
- ސަރުކާރުން ގެނެސްދޭ މި ތަރައްޤީއަށްޓަކައި ވާދޫ ކައުންސިލުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ޝުކުރު އަދާކޮށްފި
- މި މަޝްރޫޢުގެ ސަބަބުން ރަށުގެ ޒުވާނުންނަށް ރޭގަނޑު ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެ
ރ. ވާދޫގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތަށް ބޭނުންވާ އެންމެހާ ސާމާނު މިއަދު މިރަށަށް ގެނެސްފިއެވެ.
މި މަޝްރޫޢަކީ ޓީ އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގް ޕވޓ ލޓޑ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ މިރަށަށް ބާލާފައެވެ.
މިކަމާ ގުޅޭގޮތުން މިރަށު ކައުންސިލްގެ ރަސްމީ ފޭސްބުކް ޞަފުޙާގައި ބުނެފައިވަނީ، ސަރުކާރުން ގެނެސްދޭ މިފަދަ ކޮންމެ ތަރައްޤީއެއް މިރަށުގެ ރައްޔިތުންގެ ފަރާތުން ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން ބަހައްޓަވާ އިސްކަމަށްޓަކައި "ޝުކުރިއްޔާ އަދުގެ ސަރުކާރު" ބުނެ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިރަށު ފުޓްބޯޅަ ދަނޑަކީ ރަށުގެ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް އޮންނަ ތަނަކަށްވާއިރު، ލައިޓް ޖެހުމުގެ މަސައްކަތް ނިމުމުން ރޭގަނޑު ވަގުތުތަކުގައިވެސް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިވެ، މިރަށުގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި މަސައްކަތް ޓީ އޭ ކޮންސްޓްރަކްޝަނުން ބާރުމިނުގައި ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން