Loading…
ރިޕޯޓް

ސައްތާރުބެ ދޫކޮށް ދިޔައީ އަދުގެ ޖީލު ހިފަންވީ ނަމޫނާއެއް!

ސައްތާރުބެ ދޫކޮށް ދިޔައީ އަދުގެ ޖީލު ހިފަންވީ ނަމޫނާއެއް!

ސައްތާރުބެ ރ. ވާދޫ ހުކުރު މިސްކިތުގެ ބޭރު ތަނބެއްފައި ލެނގިލައިގެން --- ފޮޓޯ: ހަތާވީސް

ސައްތާރުބެއަކީ ރ. ވާދޫގެ އިޖުތިމާއީ ފޭރާމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރި، އެންމެންގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ގަދަރުވެރިއެކެވެ. ސައްތާރުބެގެ ހަޔާތުން އަދުގެ ޖީލަށް ލިބިދޭ އެންމެ ބޮޑު ނަމޫނާއަކީ އޭނާގެ ދީނީ ވަރުގަދަ އަގީދާއާއި މިސްކިތާ އޮތް ގާތް ގުޅުމެވެ. ސައްތާރުބެއަކީ ރ. ވާދޫ ހުކުރު މިސްކިތުގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭނެ އެކެކެވެ. އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކުރީ މިސްކިތުގައެވެ. ނަމާދު ވަގުތުތަކުގެ އިތުރުންވެސް، ހުސްވަގުތުތަކުގައި މިސްކިތުގެ އެއް ފަރާތެއްގައި އިށީނދެލައިގެން އިނދެ، ކީރިތި ޤުރުއާން ކިޔެވުމުގައި މަޝްޣޫލުވެ އުޅުމަކީ ސައްތާރުބެގެ އާދައެވެ. އޭނާއަކީ ރަށުގައި އެންމެ ގިނައިން ޤުރުއާން ކިޔަވައި އުޅުނު އެކަކު ކަމުގައި ގިނަ ބަޔަކު ހެކިވެއެވެ.
  • ސައްތާރުބެއަކީ ރ. ވާދޫގެ އިޖުތިމާއީ ފޭރާމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރި، އެންމެންގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ގަދަރުވެރިއެއް
  • ސައްތާރުބެގެ ހަޔާތުން އަދުގެ ޖީލަށް ލިބިދޭ އެންމެ ބޮޑު ނަމޫނާއަކީ އޭނާގެ ދީނީ ވަރުގަދަ އަގީދާއާއި މިސްކިތާ އޮތް ގާތް ގުޅުން
  • ސައްތާރުބެއަކީ ރ. ވާދޫ ހުކުރު މިސްކިތުގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭނެ އެކެއް
  • މިސްކިތުގެ އެއް ފަރާތެއްގައި އިށީނދެލައިގެން އިނދެ، ކީރިތި ޤުރުއާން ކިޔެވުމުގައި މަޝްޣޫލުވެ އުޅުމަކީ ސައްތާރުބެގެ އާދައެއް

ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ. ނަމަވެސް ބައެއް ފަރާތްތައް ދުނިޔެ ދޫކޮށް ދާއިރު، އެ ދޫކޮށްދަނީ މުޅި މުޖުތަމައުއަށް ހިތާމައާއި ފަޅުކަން ގެނުވާފައެވެ. 12 ޖޫން 2026 ވީ ހުކުރު ދުވަހަކީ ރ. ވާދޫގެ އަހުލުވެރިންގެ ލޮލުން ކަރުނަ ހިލުވާލި، ހިތްތަކަށް ފުން އަސަރެއް ކުރުވި ދުވަހެއްކަން ޔަގީނެވެ. މިރަށުގެ ލޮބުވެތި، ގަދަރުވެރި އިސްރަށްވެއްސެއް ކަމުގައިވާ ރ. ވާދޫ، ހަވާނާ، ޢަބްދުއްސައްތާރު ޢަބްދުﷲ (ސައްތާރުބެ) އަބަދުގެ އަބަދަށް މި ފަނާވަނިވި ދުނިޔެއާ ވަކިވެދިޔަ ދުވަހެވެ.

ސައްތާރުބެއަކީ ރ. ވާދޫގެ އިޖުތިމާއީ ފޭރާމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރި، އެންމެންގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ގަދަރުވެރިއެކެވެ. އޭނާއަކީ އެންމެނާ ގުޅޭ، ހިތްހެޔޮ، ސަކަމިޒާޖެއްގެ ވެރިއެކެވެ. ކުޑަކުއްޖަކަށް ވިޔަސް އަދި ބޮޑު މީހަކަށް ވިޔަސް، ސައްތާރުބެއާ ބައްދަލުވާ ކޮންމެ މީހަކަށް ފެންނާނީ އޭނާގެ މޫނުމަތިން ފެންނަ ހިނިތުންވުމާއި، ބަދަލުކޮށްލާ އޯގާތެރި ބަސްތަކެވެ. މި ހިތްހެޔޮކަމުގެ ސަބަބުން އޭނާ ވެފައިވަނީ ރަށުގެ ގިނަ އާއިލާތަކާވެސް ގާތް ގުޅުމެއް އޮންނަ، އެންމެންގެ "ސައްތާރުބެ" އަށެވެ.

ސައްތާރުބެ ރ. ވާދޫ ހުކުރު މިސްކިތުގެ ބޭރު ތަނބެއްފައި ލެނގިލައިގެން --- ފޮޓޯ: ހަތާވީސް
ސައްތާރުބެ ރ. ވާދޫ ހުކުރު މިސްކިތުގެ ބޭރު ތަނބެއްފައި ލެނގިލައިގެން --- ފޮޓޯ: ހަތާވީސް

ސައްތާރުބެގެ ހަޔާތުން އަދުގެ ޖީލަށް ލިބިދޭ އެންމެ ބޮޑު ނަމޫނާއަކީ އޭނާގެ ދީނީ ވަރުގަދަ އަގީދާއާއި މިސްކިތާ އޮތް ގާތް ގުޅުމެވެ. ސައްތާރުބެއަކީ ރ. ވާދޫ ހުކުރު މިސްކިތުގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭނެ އެކެކެވެ. އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކުރީ މިސްކިތުގައެވެ. ނަމާދު ވަގުތުތަކުގެ އިތުރުންވެސް، ހުސްވަގުތުތަކުގައި މިސްކިތުގެ އެއް ފަރާތެއްގައި އިށީނދެލައިގެން އިނދެ، ކީރިތި ޤުރުއާން ކިޔެވުމުގައި މަޝްޣޫލުވެ އުޅުމަކީ ސައްތާރުބެގެ އާދައެވެ. އޭނާއަކީ ރަށުގައި އެންމެ ގިނައިން ޤުރުއާން ކިޔަވައި އުޅުނު އެކަކު ކަމުގައި ގިނަ ބަޔަކު ހެކިވެއެވެ.

ސައްތާރުބެ ނެތުމުގެ ފަޅުކަން މިއަދު އެންމެ ބޮޑަށް އިހުސާސްވަނީ މިރަށު ހުކުރު މިސްކިތަށެވެ. ޖަމާއަތަށް ނަމާދަށް އަންނަ މީހުންނަށް ސައްތާރުބެ އިންނަ އާދަވެފައިވާ ތަނުން އޭނާ މިއަދު ނުފެނުމަކީ ލިބޭ ވަރަށް ބޮޑު ދެރައެކެވެ. ނަމަވެސް އޭނާ ދޫކޮށްދިޔަ ރީތި ނަމޫނާ މިއަދުގެ ޒުވާން ޖީލުން ދަސްކުރަންޖެހެއެވެ. ދީނީ ކަންކަމަށް ދިން އިސްކަމާއި، މިސްކިތަށް ބެހެއްޓި ލޯތްބަކީ ކޮންމެ މުސްލިމަކުވެސް ފަރުދީގޮތުން ނަމޫނާއަކަށް ބަލަންޖެހޭނެ ކަންކަމެވެ.

އަޅުގަނޑުމެންގެ ދުއާއަކީ ސައްތާރުބެއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ. إنا لله وإنا إليه راجعون. މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށިއެވެ. އަދި އޭނާގެ އާއިލާއަށް މި ހިތްދަތި ވަގުތުގައި ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.