Loading…
ކުޅިވަރު

މެކްސިކޯއާއި ކޮރެއާ، މުބާރާތް ފެށީ މޮޅަކުން

މެކްސިކޯއާއި ކޮރެއާ، މުބާރާތް ފެށީ މޮޅަކުން
މެކްސިކޯ އަދި ސައުތު އެފްރިކާ ބައްދަލުކުރި މެޗު ފެށިގެން މާގިނައިރުތަކެއް ނުވެ މެކްސިކޯއިން ވަނީ ލީޑު ނަގައިފައެވެ. 2-0އިން ނިމިގެންދިޔަ އެ މެޗަށްފަހު ހަމަ އެ ގްރޫޕުގައި ދެން އޮތް ސައުތު ކޮރެއާއާއި ޗެކިޔާ ބައްދަލުކުރި މެޗު މިއަދު ހެނދުނު ވަނީ ކުޅެފައެވެ. އެ މެޗު ސައުތު ކޮރެއާއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި މިރޭ (ރާއްޖެ ގަޑިން) 12:00ގައި އޮންނާނީ "ގްރޫޕް ބީ"ގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ކެނަޑާއާއި ބޮސްނިއާއެވެ. އަދި އެއަށްފަހު މާދަމާ (13/06/2026) ހެނދުނު 6:00ގައި އޮންނާނީ "ގްރޫޕް ޑީ"ގައި ޔޫ.އެސް.އޭ އަދި ޕެރަގުއޭ ބައްދަލުކުރާ މެޗެވެ.
  • މެކްސިކޯ އަދި ސައުތު އެފްރިކާ ބައްދަލުކުރި މެޗު ފެށިގެން މާގިނައިރުތަކެއް ނުވެ މެކްސިކޯއިން ވަނީ ލީޑު ނަގައިފައި
  • އިން ނިމިގެންދިޔަ އެ މެޗަށްފަހު ހަމަ އެ ގްރޫޕުގައި ދެން އޮތް ސައުތު ކޮރެއާއާއި ޗެކިޔާ ބައްދަލުކުރި މެޗު މިއަދު ހެނދުނު ވަނީ ކުޅެފައި
  • އެ މެޗު ސައުތު ކޮރެއާއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުން
  • މުބާރާތުގައި މިރޭ (ރާއްޖެ ގަޑިން) 12:00ގައި އޮންނާނީ "ގްރޫޕް ބީ"ގެ މެޗެއް
  • އެ މެޗުގައި ބައްދަލުކުރާނީ ކެނަޑާއާއި ބޮސްނިއާ

ފީފާ ވޯލްޑް ކަޕުގެ މެޗުތައް ރޭގައި ވަނީ ފަށައިފައެވެ. ކުލަގަދަ ރަސްމިއްޔާތަކުން ފަށައި، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މެކްސިކޯއާއި ސައުތު އެފްރިކާއެވެ.

މެކްސިކޯ އަދި ސައުތު އެފްރިކާ ބައްދަލުކުރި މެޗު ފެށިގެން މާގިނައިރުތަކެއް ނުވެ މެކްސިކޯއިން ވަނީ ލީޑު ނަގައިފައެވެ. އެ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ރައުލް ހިމެނޭޒް، 67ވަނަ މިނެޓުގެ ތެރޭގައެވެ.

މެޗުގައި ސައުތު އެފްރިކާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެއާ ޚިލާފަށް ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި މެޗުގައި ޖުމްލަ 3 ރަތް ކާޑު ދައްކައިފައިވެއެވެ. އެގޮތުން ސައުތު އެފްރިކާގެ ދެ ކުޅުންތެރިއަކަށާއި މެކްސިކޯގެ އެއް ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ރެފްރީ ދައްކައިފައެވެ.

ރައޫލް ހިމެނޭޒް މެކްސިކޯގެ ލަނޑު ކާމިޔާބުކުރުމަށްފަހު --ފޮޓޯ: ފީފާ
ރައޫލް ހިމެނޭޒް މެކްސިކޯގެ ލަނޑު ކާމިޔާބުކުރުމަށްފަހު --ފޮޓޯ: ފީފާ

މެޗުގެ 50ވަނަ މިނެޓުގައި ފުރަތަމަ ރަތް ކާޑެއް ދެއްކީ ސައުތު އެފްރިކާގެ ޖޯޒީ ނަންބަރު 13، ސިތޯލް ކުރި ފައުލަކާ ގުޅިގެން އޭނާއަށެވެ. އެއަށްފަހު 61ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ތެމްބާ ޒްވޭންއަށް ވަނީ 84ވަނަ މިނެޓުގައި ކުރި ފައުލަކާ ގުޅިގެން ރަތް ކާޑެއް ދައްކައި ފޮނުވާލައިފައެވެ. އަދި މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި މެކްސިކޯގެ މޮންޓޭސްއަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފައެވެ.

2-0އިން ނިމިގެންދިޔަ އެ މެޗަށްފަހު ހަމަ އެ ގްރޫޕުގައި ދެން އޮތް ސައުތު ކޮރެއާއާއި ޗެކިޔާ ބައްދަލުކުރި މެޗު މިއަދު ހެނދުނު ވަނީ ކުޅެފައެވެ. އެ މެޗު ސައުތު ކޮރެއާއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް ދެވަނަ ހާފު ފަށާ ގިނައިރުތަކެއް ނުވެ ޗެކިޔާއިން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. ޗެކިޔާގެ ލަނޑަށްފަހު މެޗުގެ 67ވަނަ މިނެޓުގައި ނަތީޖާ ސައުތު ކޮރެއާއަށް ހަމަހަމަކޮށްދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު 6 ހްވަންގ އިމްބެއޯމެވެ. އަދި މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ސައުތު ކޮރެއާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ވަނީ މެޗުން 3 ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ސައުތު ކޮރެއާގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު --ފޮޓޯ: ފީފާ
ސައުތު ކޮރެއާގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު --ފޮޓޯ: ފީފާ

މުބާރާތުގައި މިރޭ (ރާއްޖެ ގަޑިން) 12:00ގައި އޮންނާނީ "ގްރޫޕް ބީ"ގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ކެނަޑާއާއި ބޮސްނިއާއެވެ. އަދި އެއަށްފަހު މާދަމާ (13/06/2026) ހެނދުނު 6:00ގައި އޮންނާނީ "ގްރޫޕް ޑީ"ގައި ޔޫ.އެސް.އޭ އަދި ޕެރަގުއޭ ބައްދަލުކުރާ މެޗެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.