Loading…
ކުޅިވަރު

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިން

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިން
2010ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕު ކާމިޔާބުކުރި ސްޕެއިންއަކީ ވެސް މިއަހަރުގެ މުބާރާތުގައި ވާދަވެރި ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޓީމެކެވެ. ސްޕެއިން ޓީމުން މިފަހަރުގެ މުބާރާތުގައި ތަޖުރިބާކާރު ކުޅުންތެރިންނަށް އިސްކަންދިނުމުގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް އިސްކަންދީފައިވާކަން ފާހަގަކުރެވެއެވެ. ބާސެލޯނާގެ ގިނަ ތަރިންތަކެއް ހިމަނައިގެން ޓީމު އެކުލަވާލާފައި އޮތުމަކީ ޓީމަށް އައިސްފައިވާ ބޮޑު ބަދަލެެކެވެ. ސްޕެއިނުގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15ވާ ހޯމަ ދުވަހުގެރޭ (ރާއްޖެ ގަޑިން) 21:00ގައެވެ.
  • ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕު ކާމިޔާބުކުރި ސްޕެއިންއަކީ ވެސް މިއަހަރުގެ މުބާރާތުގައި ވާދަވެރި ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޓީމެއް
  • ސްޕެއިން ޓީމުން މިފަހަރުގެ މުބާރާތުގައި ތަޖުރިބާކާރު ކުޅުންތެރިންނަށް އިސްކަންދިނުމުގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް އިސްކަންދީފައިވާކަން ފާހަގަކުރެވޭ
  • ބާސެލޯނާގެ ގިނަ ތަރިންތަކެއް ހިމަނައިގެން ޓީމު އެކުލަވާލާފައި އޮތުމަކީ ޓީމަށް އައިސްފައިވާ ބޮޑު ބަދަލެެއް
  • ސްޕެއިނުގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15ވާ ހޯމަ ދުވަހުގެރޭ (ރާއްޖެ ގަޑިން) 21:00ގައި

2010ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕު ކާމިޔާބުކުރި ސްޕެއިންއަކީ ވެސް މިއަހަރުގެ މުބާރާތުގައި ވާދަވެރި ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޓީމެކެވެ.

ޒުވާން، ގިނަ ކުޅުންތެރިންތަކަކާއެކު އެކުލަވާލާފައިވާ ސްޕެއިން މިއަހަރުގެ މުބާރާތަށް ނުކުންނައިރު އެންމެ ފަހުގެ ވޯލްޑް ކަޕުގައި ސްޕެއިންއަށް ދެވުނީ ގަދަ 16އާ ހަމައަށެވެ. ގަދަ 16ގައި މޮރޮކޯއިން ސްޕެއިން ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

ބާސެލޯނާގެ ތަރި ލަމީން ޔަމާލް ހިމަނައިގެން ސްޕެއިނުން އެކުލަވާލާފައިވާ ސްކޮޑުގައި ގޯލްކީޕަރު ޖޯން ގާސިއާއާއި ޑިފެންޑަރު ޕައޫ ކުބާސީ އަދި މިޑްފީލްޑަރު ފަބިއަން ރުއީޒްގެ އިތުރުން ނިކޯ ވިލިއަމްސް ވެސް ހިމެނެއެވެ. މި ޓީމަކީ ވެސް ދިވެހީންގެ ތެރޭގައި ސަޕޯޓަރުން ގިނަ ޓީމެކެވެ. އަދި ސްޕެއިން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަމާ އެންމެ ގާތްކުރާނެ ޓީމުތަކުގެ ތެރޭގައި ހިމެނޭކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

AL KHOR, QATAR - NOVEMBER 27: Alvaro Morata of Spain celebrates their team's first goal during the FIFA World Cup Qatar 2022 Group E match between Spain and Germany at Al Bayt Stadium on November 27, 2022 in Al Khor, Qatar. (Photo by Catherine Ivill/Getty Images)

ސްޕެއިން ޓީމުން މިފަހަރުގެ މުބާރާތުގައި ތަޖުރިބާކާރު ކުޅުންތެރިންނަށް އިސްކަންދިނުމުގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް އިސްކަންދީފައިވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، ތަޖުރިބާކާރު ކުޅުންތެރިން ނެތްކަމުގެ ފަޅުކަމެއް ފެންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް މިއަހަރުގެ ސްޕެއިން ސްކޮޑު އެކުލަވާލިއިރު ރެއާލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިއަކު ހިމަނާފައިނުވާ ކަމީ ވަރަށް ގިނަ ބަޔަކު ހައިރާންކޮށްލަނިވި ކަމަކަށެވެ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ. ބާސެލޯނާގެ ގިނަ ތަރިންތަކެއް ހިމަނައިގެން ޓީމު އެކުލަވާލާފައި އޮތުމަކީ ޓީމަށް އައިސްފައިވާ ބޮޑު ބަދަލެެކެވެ.

މިއަހަރުގެ ވޯލްޑް ކަޕު ކާމިޔާބުކުރެވިއްޖެނަމަ ތުނބުޅިއާއި މަތިމަސް ނުކޮށާ ބަހައްޓާނެ ކަމަށް އެ ޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ވަނީ ބުނެފައެވެ.

ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު "ޕެޑްރީ"
ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު "ޕެޑްރީ"

ސްޕެއިން ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް ކުޅެފައިވަނީ 1934ވަނަ އަހަރުއެވެ. އެގޮތުން މިއަހަރުގެ ވޯލްޑް ކަޕާއެކު ޖުމްލަ 17 ވޯލްޑް ކަޕެއް ކުޅެފައިވާއިރު 2010ވަނަ އަހަރުގެ ވޯލްޑް ކަޕު ކާމިޔާބުކުރުން ފިޔަވައި ސްޕެއިނަށް އެންމެ އެކަށީގެންވާ ކާމިޔާބީތަކެއް ހޯދިފައެއްނުވެއެވެ.

ކޯޗު ލުއިސް ޑީ ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ނުކުންނަ ސްޕެއިން އޮތީ މިއަހަރުގެ މުބާރާތުގައި "ގްރޫޕް އެޗް"ގައެވެ. އެ ގްރޫޕުގައި ސްޕެއިނުގެ އިތުރުން ހިމެނެނީ އުރުގުއާއީއާއި ސަޢޫދީ ޢަރަބިއާ އަދި ކަބޯ ވަރޑެވެ.

ސްޕެއިނުގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15ވާ ހޯމަ ދުވަހުގެރޭ (ރާއްޖެ ގަޑިން) 21:00ގައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.