ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ރަށު ފެންވަރުގައި ފާހަގަކުރުމަށް ރ. ވާދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެއް މޭޒަކަށް!
- ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަށު ފެންވަރުގައި ޙަރަކާތްތަކެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން، ރ. ވާދޫ ކައުންސިލުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
- މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރަށުގެ މުއައްސަސާތައް ގުޅިގެން މި ދުވަސް ފާހަގަކުރުމަށް ކުރެވިދާނެ ކަންކަމާއި، މިނިސްޓްރީގެ ފަރާތުން ކަނޑައަޅާފައިވާ ޙަރަކާތްތައް ރަށު ފެންވަރުގައި އެންމެ ފުރިހަމައަށް އިންތިޒާމުކުރާނެ ގޮތްތަކާ ގުޅޭގޮތުން
- ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ މި ޙަރަކާތަކީ ކަނޑުގެ ވަޞީލަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަށު ފެންވަރުގައި ޙަރަކާތްތަކެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން، ރ. ވާދޫ ކައުންސިލުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ވާދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ކަނޑުތަކުގެ ދުވަހާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުތައް ވާދޫގައި ކާމިޔާބުކަމާއެކު ރޭވުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރަށުގެ މުއައްސަސާތައް ގުޅިގެން މި ދުވަސް ފާހަގަކުރުމަށް ކުރެވިދާނެ ކަންކަމާއި، މިނިސްޓްރީގެ ފަރާތުން ކަނޑައަޅާފައިވާ ޙަރަކާތްތައް ރަށު ފެންވަރުގައި އެންމެ ފުރިހަމައަށް އިންތިޒާމުކުރާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
ވާދޫ ކައުންސިލުން ވިދާޅުވި ގޮތުގައި މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވުނު މި ބައްދަލުވުން ނިމިގެންދިޔައީ ވަރަށް ކާމިޔާބުކަމާއެކުގައެވެ. އަދި މިފަދަ ކަންކަމުގައި ރަށުގެ މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށްޓަކައި، ކައުންސިލްގެ ފަރާތުން މުއައްސަސާތަކުގެ އިސްވެރިންނަށް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފައެވެ.
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ މި ޙަރަކާތަކީ ކަނޑުގެ ވަޞީލަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން