Loading…
ކުޅިވަރު

ފީފާ ވޯލްޑް ކަޕް 2026 - ޕޯޗުގަލް

ފީފާ ވޯލްޑް ކަޕް 2026 - ޕޯޗުގަލް
ޕޯޗުގަލްއިން މިއަހަރުގެ މުބާރާތަށް ނުކުންނައިރު އެ ޓީމު ވަނީ 2022ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ކުޅެފައެވެ. އެ ފަހަރުގެ މުބާރާތުގައި ޕޯޗުގަލްއަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ. އެހެނީ ކުއާޓާ ފައިނަލުން މޮރޮކޯއާ ބައްދަލުކޮށް 1-0އިން ވަނީ ނާކާމިޔާބުވެފައެވެ. ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ނުކުންނަ ޕޯޗުގަލްއަކީ އަދިވެސް ގިނަ ބައެއްގެ ފޭވަރިޓެކެވެ. މިއަހަރުގެ ޕޯޗުގަލް ސްކޮޑުގައި ގޯލްކީޕަރު ޑިއޮގޯ ކޮސްޓާއާއި ޑިފެންޑަރު ރުބެން ޑިއާސް އަދި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސްގެ އިތުރުން ޖާއޯ ފެލިކްސް ވެސް ހިމެނެއެވެ. ވޯލްޑް ކަޕުގައި އެންމެ ބާރުގަދަ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޕޯޗުގަލް އޮތީ މިއަހަރުގެ މުބާރާތުގެ "ގްރޫޕް ކޭ"ގައެވެ. އެ ގްރޫޕުގައި ޕޯޗުގަލްގެ އިތުރުން ހިމެނެނީ ކޮންގޯއާއި ކޮލަމްބިއާ އަދި އުޒްބަކިސްތާނެވެ.
  • ޕޯޗުގަލްއިން މިއަހަރުގެ މުބާރާތަށް ނުކުންނައިރު އެ ޓީމު ވަނީ 2022ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ކުޅެފައި
  • ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ނުކުންނަ ޕޯޗުގަލްއަކީ އަދިވެސް ގިނަ ބައެއްގެ ފޭވަރިޓެއް
  • ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިފަހަރު ޕޯޗުގަލްއިން އެކުލަވާލާފައި އޮތީ މިހާތަނަށް ޕޯޗުގަލްއިން އެކުލަވާލި އެންމެ ފުރިހަމަ އަދި ވަރުގަދަ ސްކޮޑު
  • މިއަހަރުގެ ޕޯޗުގަލް ސްކޮޑުގައި ގޯލްކީޕަރު ޑިއޮގޯ ކޮސްޓާއާއި ޑިފެންޑަރު ރުބެން ޑިއާސް އަދި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސްގެ އިތުރުން ޖާއޯ ފެލިކްސް ވެސް ހިމެނޭ
  • ވޯލްޑް ކަޕުގައި އެންމެ ބާރުގަދަ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޕޯޗުގަލް އޮތީ މިއަހަރުގެ މުބާރާތުގެ "ގްރޫޕް ކޭ"ގައެވެ. އެ ގްރޫޕުގައި ޕޯޗުގަލްގެ އިތުރުން ހިމެނެނީ ކޮންގޯ، ކޮލަމްބިއާ، އުޒްބަކިސްތާނު

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ޕޯޗުގަލްއާއެކު މިއަހަރުގެ ވޯލްޑް ކަޕަށް ނުކުންނަނީ ވަރަށް ވެސް ފޮނި އުއްމީދުތަކަކާއެކުގައެވެ.

އޭނާގެ ޙަޔާތުގައި ކުޅޭ 6ވަނަ ވޯލްޑް ކަޕަށް ނުކުންނައިރު މިފަހަރަކީ އޭނާއަށް ވޯލްޑް ކަޕެއް ކާމިޔާބުކުރުމަށް ލިބޭ އެންމެ ފަހު ފުރުޞަޠަށް ވުމަކީ ގާތް ކަމެކެވެ.

ޕޯޗުގަލްއިން މިއަހަރުގެ މުބާރާތަށް ނުކުންނައިރު އެ ޓީމު ވަނީ 2022ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ކުޅެފައެވެ. އެ ފަހަރުގެ މުބާރާތުގައި ޕޯޗުގަލްއަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ. އެހެނީ ކުއާޓާ ފައިނަލުން މޮރޮކޯއާ ބައްދަލުކޮށް 1-0އިން ވަނީ ނާކާމިޔާބުވެފައެވެ.

2022ވަނަ އަހަރުގެ ވޯލްޑް ކަޕުން ޕޯޗުގަލް ވަކިވި މެޗަށްފަހު، ރޮނާލްޑޯ --
2022ވަނަ އަހަރުގެ ވޯލްޑް ކަޕުން ޕޯޗުގަލް ވަކިވި މެޗަށްފަހު، ރޮނާލްޑޯ --

ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ނުކުންނަ ޕޯޗުގަލްއަކީ އަދިވެސް ގިނަ ބައެއްގެ ފޭވަރިޓެކެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކަށްވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއީ އޭނާއަށް ވޯލްޑް ކަޕެއް ކާމިޔާބު ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެންނަން ވަރަށް ގިނަ މީހުން ބޭނުންވެއެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިފަހަރު ޕޯޗުގަލްއިން އެކުލަވާލާފައި އޮތީ މިހާތަނަށް ޕޯޗުގަލްއިން އެކުލަވާލި އެންމެ ފުރިހަމަ އަދި ވަރުގަދަ ސްކޮޑެވެ.

2006ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޕޯޗުގަލް ޓީމު --ފޮޓޯ؛ ފީފާ
2006ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޕޯޗުގަލް ޓީމު --ފޮޓޯ؛ ފީފާ

ޕޯޗުގަލްއަށް މިހާތަނަށް ވޯލްޑް ކަޕެއްގައި މާ ފުރިހަމަ ކާމިޔާބީތަކެއް ހޯދިފައެއްނުވެއެވެ. އެންމެ ދުރަށް ދެވުނު މުބާރާތުގައި ވެސް ދެވުނީ 1966ވަނަ އަހަރުގެ މުބާރާތުގައި ސެމީ ފައިނަލާ ހަމައަށެވެ. ނަމަވެސް އެ ފަހަރުގެ މުބާރާތުގައި ތިންވަނަ ހޮވާ މެޗު ވަނީ އެ ޓީމުން ކާމިޔާބުކޮށްފައެވެ. އެއީ ޕޯޗުގަލް ކުޅުނު އެންމެ ފުރަތަމަ ވޯލްޑް ކަޕެވެ.

މިއަހަރުގެ ޕޯޗުގަލް ސްކޮޑުގައި ގޯލްކީޕަރު ޑިއޮގޯ ކޮސްޓާއާއި ޑިފެންޑަރު ރުބެން ޑިއާސް އަދި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސްގެ އިތުރުން ޖާއޯ ފެލިކްސް ވެސް ހިމެނެއެވެ.

ވޯލްޑް ކަޕުގައި އެންމެ ބާރުގަދަ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޕޯޗުގަލް އޮތީ މިއަހަރުގެ މުބާރާތުގެ "ގްރޫޕް ކޭ"ގައެވެ. އެ ގްރޫޕުގައި ޕޯޗުގަލްގެ އިތުރުން ހިމެނެނީ ކޮންގޯއާއި ކޮލަމްބިއާ އަދި އުޒްބަކިސްތާނެވެ.

ޕޯޗުގަލްގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 17ވާ ބުދަ ދުވަހުގެރޭ (ރާއްޖެ ގަޑިން) 10:00ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލްއާއި ކޮންގޯއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.