Loading…
ކުޅިވަރު

ފީފާ ވޯލްޑް ކަޕް 2026 - އާޖެންޓީނާ

ފީފާ ވޯލްޑް ކަޕް 2026 - އާޖެންޓީނާ
އާޖެންޓީނާއިން 2022ވަނަ އަހަރުގެ ވޯލްޑް ކަޕު ކާމިޔާބުކުރީ 2018ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް، ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. އާޖެންޓީނާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 1930ގައެވެ. އާޖެންޓީނާ ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވަނީ 1978ވަނަ އަހަރާއި 1986ވަނަ އަހަރުގެ އިތުރުން 2022ވަނަ އަހަރުއެވެ.
  • އާޖެންޓީނާއިން 2022ވަނަ އަހަރުގެ ވޯލްޑް ކަޕު ކާމިޔާބުކުރީ 2018ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް، ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެން
  • އާޖެންޓީނާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 1930ގައި
  • އާޖެންޓީނާ ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވަނީ 1978ވަނަ އަހަރާއި 1986ވަނަ އަހަރުގެ އިތުރުން 2022ވަނަ އަހަރު

އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަކީ މިފަހަރުގެ މުބާރާތަށް ނުކުންނައިރު ވެސް އެންމެ ގިނަ ބަޔަކު އެންމެ ޖެހިލުންވާ ޓީމެވެ.

ތަށި ދިފާޢުކުރުމަށް އާޖެންޓީނާއިން ނުކުންނާނީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޯނަލް މެސީ ވެސް ސްކޮޑުގައި ހިމަނައިގެންނެވެ.

އާޖެންޓީނާއިން 2022ވަނަ އަހަރުގެ ވޯލްޑް ކަޕު ކާމިޔާބުކުރީ 2018ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް، ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. ވާދަވެރި މެޗަކަށްފަހު އާޖެންޓީނާއިން 2022ވަނަ އަހަރު ކާމިޔާބުކުރި ވޯލްޑް ކަޕަކީ އާޖެންޓީނާގެ ތަރި، އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޯނަލް މެސީ ކާމިޔާބުކުރި ފުރަތަމަ ވޯލްޑް ކަޕެވެ.

މެސީ 2022ވަނަ އަހަރުގެ  ވޯލްޑް ކަޕު ތަށި އުފުލާލަނީ-- ފޮޓޯ: ފީފާ
މެސީ 2022ވަނަ އަހަރުގެ ވޯލްޑް ކަޕު ތަށި އުފުލާލަނީ-- ފޮޓޯ: ފީފާ

އާޖެންޓީނާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 1930ގައެވެ. އަދި 3 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާ ވަނީ 1978ވަނަ އަހަރުގެ ވޯލްޑް ކަޕު ހޯސްޓް ވެސް ކޮށްފައެވެ. އާޖެންޓީނާ ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވަނީ 1978ވަނަ އަހަރާއި 1986ވަނަ އަހަރުގެ އިތުރުން 2022ވަނަ އަހަރުއެވެ.

1978ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅެނީ --ފޮޓޯ: ފީފާ
1978ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅެނީ --ފޮޓޯ: ފީފާ

މިއަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ކޯޗަކަށް ހުންނާނީ 2022ވަނަ އަހަރު ވެސް ޓީމާ ޙަވާލުވެ ހުރި ލިއޯނަލް ސްކަލޯނީއެވެ. 2018ގެ ވޯލްޑް ކަޕުގެ ނާކާމިޔާބީއަށްފަހު އެ އަހަރުގެ އޯގަސްޓު މަހު އާޖެންޓީނާއަށް ޙަވާލުވި ސްކަލޯނީ ވަނީ މިހާތަނަށް އައި އިރު އާޖެންޓީނާއަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީފައެވެ.

އާޖެންޓީނާގެ ސްކޮޑުގައި މިފަހަރު ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒްއާއި ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއާއި މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްގެ އިތުރުން ފޯވާޑް ލައުޓާރޯ މާޓިނޭޒް ހިމެނެއެވެ.

މިއަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ބައްދަލުކުރާނީ އޮސްޓްރިއާއާއި އަލްޖީރިއާގެ އިތުރުން ޖޯޑަންއާއެވެ. އާޖެންޓީނާގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 16ގައެވެ. އެ މެޗުގައި އާޖެންޓީނާ ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.