Loading…
ކުޅިވަރު

ފީފާ ވޯލްޑް ކަޕް 2026 - މެކްސިކޯ

ފީފާ ވޯލްޑް ކަޕް 2026 - މެކްސިކޯ
މިއީ މެކްސިކޯއިން ފީފާ ވޯލްޑް ކަޕުގައި ކުޅޭނެ 18ވަނަ ފަހަރެވެ. މިއަހަރުގެ ވޯލްޑް ކަޕުގައި މެކްސިކޯގެ ކޯޗަކަށް ހުންނާނީ ޖޭވިއަރ އެގުއާއެވެ. އަދި ސްކޮޑުގައި ވެސް ރަނގަޅު ކުޅުންތެރިން ވަނީ ހިމަނައިފައެވެ. މެކްސިކޯ މިއަހަރުގެ މުބާރާތަށް ނުކުންނައިރު ގްރޫޕް ސްޓޭޖުގައި މެކްސިކޯ ވާދަކުރަންޖެހޭނީ ސައުތު އެފްރިކާއާއި، ސައުތު ކޮރެއާ އަދި ޗެކު ރިޕަބްލިކާއެވެ.
  • މިއީ މެކްސިކޯއިން ފީފާ ވޯލްޑް ކަޕުގައި ކުޅޭނެ 18ވަނަ ފަހަރު
  • މިއަހަރުގެ ވޯލްޑް ކަޕުގައި މެކްސިކޯގެ ކޯޗަކަށް ހުންނާނީ ޖޭވިއަރ އެގުއާ
  • ސްކޮޑުގައި ވެސް ރަނގަޅު ކުޅުންތެރިން ވަނީ ހިމަނައިފައި
  • މެކްސިކޯ މިއަހަރުގެ މުބާރާތަށް ނުކުންނައިރު ގްރޫޕް ސްޓޭޖުގައި މެކްސިކޯ ވާދަކުރަންޖެހޭނީ ސައުތު އެފްރިކާއާއި، ސައުތު ކޮރެއާ އަދި ޗެކު ރިޕަބްލިކާ

އަންނަ ބުރާސްފަތި ދުވަހުގެރޭ މިއަހަރުގެ ފީފާ ވޯލްޑް ކަޕު ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތަކީ ވަރަށް ވެސް ތާރީޚީ، ބޮޑު މުބާރާތެކެވެ. އެހެނީ ދުނިޔޭގެ އެންމެ ގިނަ ޤައުމުތަކުން ބައިވެރިވެގެން ކުރިއަށް ގެންދާ މިއީ ފުރަތަމަ ފުޓުބޯޅަ މުބާރާތެވެ.

ޖުމްލަ 48 ޓީމަކުން ވާދަކުރާ މި މުބާރާތް ފެށުމުގެ ގޮތުން އޮންނާނީ "ގްރޫޕް އޭ"ގެ މެޗެކެވެ. އެއީ މެކްސިކޯއާއި ސައުތު އެފްރިކާ ބައްދަލުކުރާ މެޗެވެ.

މެކްސިކޯ:

މިއީ މެކްސިކޯއިން ފީފާ ވޯލްޑް ކަޕުގައި ކުޅޭނެ 18ވަނަ ފަހަރެވެ. އަދި މެކްސިކޯއަކީ ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް 3 ފަހަރު ވޯލްޑް ކަޕު ހޯސްޓްކޮށްފައިވާ ޤައުމެކެވެ. އެއީ 1970ގައި ބޭއްވި މުބާރާތާއި 1986ގައި ބޭއްވި މުބާރާތުގެ އިތުރުން މިއަހަރުގެ މުބާރާތެވެ.

މެކްސިކޯ ވޯލްޑް ކަޕެއްގައި ފުރަތަމަ ކުޅުނީ ފްރާންސާ ދެކޮޅަށެވެ. އެއީ 1930ވަނަ އަހަރުގެ ޖުލައި މަހުގެ 13ގައެވެ. އަދި ހަމައެހެންމެ ވޯލްޑް ކަޕުގައި ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކުރި ފުރަތަމަ ޓީމަކީ ވެސް މެކްސިކޯއެވެ. އެއީ 1930ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ ކޮޅަށް މަނުއޭލް ރޮކެޓާސް ކާމިޔާބުކޮށްދިން ޕެނަލްޓީއެވެ.

1970ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗަކަށް މެކްސިކޯ ތައްޔާރުވަނީ --ފޮޓޯ: ފީފާ
1970ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗަކަށް މެކްސިކޯ ތައްޔާރުވަނީ --ފޮޓޯ: ފީފާ

މެކްސިކޯއިން ވޯލްޑް ކަޕް ހޯސްޓްކުރި 2 އަހަރު ވެސް މުބާރާތުގައި ރަނގަޅު ހިސާބަކަށް ވަނީ ދަތުރުކޮށްފައެވެ. އެހެނީ 1970ވަނަ އަހަރު ވަނީ ކުއާޓާ ފައިނަލް ކުޅެފައެވެ. ނަމަވެސް އެ މެޗުގައި އިޓަލީ ކައިރިން ނާކާމިޔާބުވެ މުބާރާތާ ވަކިވީއެވެ. އެއަށްފަހު 1986ވަނަ އަހަރުގެ މުބާރާތުގައި ވެސް ކުއާޓާ ފައިނަލާ ހަމައަށް މެކްސިކޯ ދަތުރުކުރިއެވެ. ނަމަވެސް 2-0އިން ބަލްގޭރިއާ ކައިރިިން ބަލިވެ މުބާރާތާ ވަކިވާންޖެހުނީއެވެ.

1994ވަނަ އަހަރުން ފެށިގެން 2018އާ ހަމައަށް މެކްސިކޯ ދިޔައީ ގިނަ މުބާރާތްތަކުގައި ނޮކް-އައުޓް ސްޓޭޖަށް ދަތުރުކުރަމުންނެވެ. ނަމަވެސް 2022ވަނަ އަހަރުގެ މުބާރާތުގައި އެ ޓީމު ވަނީ ގްރޫޕް ސްޓޭޖުން މުބާރާތް ނިންމާލަންޖެހިފައެވެ.

2018ވަނަ އަހަރުގެ ވޯލްޑް ކަޕުން މެކްސިކޯ ވަކިވި މެޗުގެ ތެރެއިން-- ފޮޓޯ: ފީފާ
2018ވަނަ އަހަރުގެ ވޯލްޑް ކަޕުން މެކްސިކޯ ވަކިވި މެޗުގެ ތެރެއިން-- ފޮޓޯ: ފީފާ

މިއަހަރުގެ ވޯލްޑް ކަޕުގައި މެކްސިކޯގެ ކޯޗަކަށް ހުންނާނީ ޖޭވިއަރ އެގުއާއެވެ. އަދި ސްކޮޑުގައި ވެސް ރަނގަޅު ކުޅުންތެރިން ވަނީ ހިމަނައިފައެވެ. އޭގެތެރޭގައި ތަޖުރިބާކާރު ގޯލްކީޕަރު ގުލެރްމޯ އޮޗޯއާއި ޑިފެންޑަރު އެޑްސަން އަލްވަރޭޒްގެ އިތުރުން މިޑްފީލްޑަރު ލުއިސް ޗަވޭޒްއާއި ފޯވާޑް ސަންތިއާގޯ ގިމެނޭޒް ހިމެނެއެވެ.

މެކްސިކޯ މިއަހަރުގެ މުބާރާތަށް ނުކުންނައިރު ގްރޫޕް ސްޓޭޖުގައި މެކްސިކޯ ވާދަކުރަންޖެހޭނީ ސައުތު އެފްރިކާއާއި، ސައުތު ކޮރެއާ އަދި ޗެކު ރިޕަބްލިކާއެވެ. މެކްސިކޯގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 11ވާ ބުރާސްފަތި ދުވަހުގެރޭ (ރާއްޖެ ގަޑިން) 12:00ގައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.