Loading…
ޚަބަރު

އ.ތ.މ ކޮމެޓީގެ ރައީސްގެ މުސާރަ ކަނޑައެޅުމުގައި ވެސް ފެނިގެންދަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތު: މޭޔަރު އާޠިފް

އ.ތ.މ ކޮމެޓީގެ ރައީސްގެ މުސާރަ ކަނޑައެޅުމުގައި ވެސް ފެނިގެންދަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތު: މޭޔަރު އާޠިފް

ކުޅުދުއްފުށި ސިޓީ މޭޔަރު އާޠިފް-- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

އޭނާ ވިދާޅުވެފައިވަނީ ފުރަތަމަ ސަރުކާރުން ހެދި ގޯހަކީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ކޮމެޓީގެ ރައީސް ހަމަޖައްސާ އިންތިޚާބު އިޢުލާންކުރިއިރު އެ މަޤާމަށް މުސާރަ ކަނޑައަޅާފައި ނެތުން ކަމެވެ. އެލް.ޖީ.އޭގެ ފަރާތުން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވީ، އެލް.ޖީ.އޭ އިން ޕޭކޮމިޝަނަށް ލަފާދެއްވީ ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ޢަދަދެއްގެ ގޮތުގައި -/20،000 ރުފިޔާ ހަމަޖެއްސުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގެ ހިންގުން މިހާ ދޯދިޔާވި ދުވަސްވަރެއް ނުދެކޭ ކަމަށް ވެސް އޭނާ ކުރެއްވި ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
  • ފުރަތަމަ ސަރުކާރުން ހެދި ގޯހަކީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ކޮމެޓީގެ ރައީސް ހަމަޖައްސާ އިންތިޚާބު އިޢުލާންކުރިއިރު އެ މަޤާމަށް މުސާރަ ކަނޑައަޅާފައި ނެތުން
  • އެލް.ޖީ.އޭގެ ފަރާތުން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވީ، އެލް.ޖީ.އޭ އިން ޕޭކޮމިޝަނަށް ލަފާދެއްވީ ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ޢަދަދެއްގެ ގޮތުގައި -/20،000 ރުފިޔާ ހަމަޖެއްސުމަށް
  • މެއި 20ގައި ޕޭ ކޮމިޝަނުން ސިޓީތަކުގެ އ.ތ.މ. ކޮމެޓީގެ ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ޢަދަދެއްގެ ގޮތުގައި -/41،000 ރުފިޔާ ކަނޑައެޅި
  • ވަނަ ދުވަހުގެ ހެނދުނު ޕޭ ކޮމިޝަނުން ސިޓީތަކުގެ އ.ތ.މ. ކޮމެޓީގެ ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ޢަދަދެއްގެ ގޮތުގައި -/33،000 ރުފިޔާ ކަނޑައެޅި
  • އެދުވަހުގެ މެންދުރުފަހު ޕޭ ކޮމިޝަނުން ސިޓީތަކުގެ އ.ތ.މ. ކޮމެޓީގެ ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ޢަދަދެއްގެ ގޮތުގައި -/20،000 ރުފިޔާ ވަނީ ކަނޑައަޅައިފައި

އ.ތ.މ. ކޮމިޓީގެ ރައީސްގެ މުސާރަ ކަނޑައެޅުމުގައިވެސް ފެނިގެން މިދަނީ މި ސަރުކާރުގެ ދެއުޅި އެއްނުވާ ދޯހޮޅި ސިޔާސަތުކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވެފައިވަނީ ފުރަތަމަ ސަރުކާރުން ހެދި ގޯހަކީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ކޮމެޓީގެ ރައީސް ހަމަޖައްސާ އިންތިޚާބު އިޢުލާންކުރިއިރު އެ މަޤާމަށް މުސާރަ ކަނޑައަޅާފައި ނެތުން ކަމެވެ.

އެގޮތުން އިންތިޚާބު ނިމި އަލަށް ހޮވުނު ފަރާތްތަކަށް، އެލް.ޖީ.އޭގެ ފަރާތުން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވީ، އެލް.ޖީ.އޭ އިން ޕޭކޮމިޝަނަށް ލަފާދެއްވީ ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ޢަދަދެއްގެ ގޮތުގައި -/20،000 ރުފިޔާ ހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭގަފަހުން 2026 މެއި 20ގައި ޕޭ ކޮމިޝަނުން ސިޓީތަކުގެ އ.ތ.މ. ކޮމެޓީގެ ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ޢަދަދެއްގެ ގޮތުގައި -/41،000 ރުފިޔާ ކަނޑައެޅިއެވެ. އަދި އެއަށްފަހު 21ވަނަ ދުވަހުގެ ހެނދުނު ޕޭ ކޮމިޝަނުން ސިޓީތަކުގެ އ.ތ.މ. ކޮމެޓީގެ ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ޢަދަދެއްގެ ގޮތުގައި -/33،000 ރުފިޔާ ކަނޑައެޅިއެވެ. ނަމަވެސް އެދުވަހުގެ މެންދުރުފަހު ޕޭ ކޮމިޝަނުން ސިޓީތަކުގެ އ.ތ.މ. ކޮމެޓީގެ ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ޢަދަދެއްގެ ގޮތުގައި -/20،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

މޭޔަރު އާޠިފް މި ވާހަކަތައް ޙިއްސާކުރަމުން ވިދާޅުވީ ދެން އަނެއްކާ މާދަމާ ވާނޭ ގޮތެއް ވެސް ނޭނގޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ހިންގުން މިހާ ދޯދިޔާވި ދުވަސްވަރެއް ނުދެކޭ ކަމަށް ވެސް އޭނާ ކުރެއްވި ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.