Loading…
ކުޅިވަރު

ޕްރިމިއަރ ލީގު ޗެމްޕިއަންކަން އާސެނަލްއިން ހޯދައިފި

ޕްރިމިއަރ ލީގު ޗެމްޕިއަންކަން އާސެނަލްއިން ހޯދައިފި

2025/26ގެ ޕްރިމިއަރ ލީގު ޗެމްޕިއަން، އާސެނަލް

22 އަހަރަށްފަހު އާސެނަލް ޕްރިމިއަރ ލީގު ކާމިޔާބުކޮށްފިއެވެ. އާސެނަލްއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ރޭ މެންޗެސްޓަރ ސިޓީއާއި ބޯންމޮތު ބައްދަލުކުރި މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވުމުންނެވެ. ކޯޗު މިކޭލް އާޓެޓާ އާސެނަލްގެ ކޯޗުކަމާ ޙަވާލުވި ފަހުން މިއީ އާސެނަލްއަށް ކާމިޔާބުކުރެވުނު ފުރަތަމަ ޕްރިމިއަރ ލީގެވެ. އެންމެ ފަހުން އާސެނަލް ޕްރިމިއަރ ލީގު ކާމިޔާބުކުރީ 2004ގައެވެ.

22 އަހަރަށްފަހު އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން އާސެނަލްއިން ހޯދައިފިއެވެ.

އާސެނަލްއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ރޭ މެންޗެސްޓަރ ސިޓީއާއި ބޯންމޮތު ބައްދަލުކުރި މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވުމުންނެވެ.

މެޗުގެ ކުރީކޮޅު ބޯންމޮތުން ވަނީ ލީޑު ނަގައިފައެވެ. އެއީ މެޗުގެ 38ވަނަ މިނެޓުގައި އެލީ ޖޫނިއަރ ކްރޮޕީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ، ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ހާލާންޑް ޖަހައިދިން ލަނޑާއެކު 1-1އިން މެޗު ނިމިގެންދިޔައީއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް 37 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މެޗުގެ ނަތީޖާއަށްފަހު ސިޓީއަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. އަދި ބޯންމޮތު އޮތީ 53 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ.

ރޭގެ މެޗު ނިމުމާއެކު އާސެނަލްގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން ދިޔައީ ލަންޑަނުގެ މަގުތަކުގައި އުފާ ފާޅުކުރަމުންނެވެ.

އާސެނަލް ކުޅުންތެރިން އުފާ ފާޅުކުރަނީ
އާސެނަލް ކުޅުންތެރިން އުފާ ފާޅުކުރަނީ

ކޯޗު މިކޭލް އާޓެޓާ އާސެނަލްގެ ކޯޗުކަމާ ޙަވާލުވި ފަހުން މިއީ އާސެނަލްއަށް ކާމިޔާބުކުރެވުނު ފުރަތަމަ ޕްރިމިއަރ ލީގެވެ. އެންމެ ފަހުން އާސެނަލް ޕްރިމިއަރ ލީގު ކާމިޔާބުކުރީ 2004ގައެވެ.

އާސެނަލްއަށް ރަނގަޅު ކާމިޔާބީތަކާ ހިސާބަށް ދަތުރުކުރަމުންދާ މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުޞަޠު ވެސް އެބައޮތެވެ. އެހެނީ މި މަހުގެ 30ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަންސް ކަމަށްވާ ޕީއެސްޖީއާ ދެކޮޅަށް އާސެނަލް ކުޅޭނެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.